ދީޕިކާ އާއި ޕްރަބާސްގެ ފިލްމް ގެނެސްދެނީ ދެބަޔަށް

ދީޕިކާ އާއި ޕްރަބާސްގެ ފިލްމް ގެނެސްދެނީ ދެބަޔަށް

Author
ފާތިމަތު ނާވީ
04 ފެބްރުއަރީ 2023 07:52
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން އާއި ސައުތުގެ ސްޕަސްޓާރު ޕަރަބާސް އެކުގައި ކުޅޭ އަލަތު ފިލްމް ގެނެސްދެނީ ދެބަޔަކަށް ބަހައިލައިގެން ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ވަގުތީ ނަމެއްގެ ގޮތުގައި "ޕްރޮޖެކްޓް ކޭ" ގެ ނަން ދީފައިވާ މިފިލްމް ދެ ބަޔަކަށް ހަދަން ނިންމި މި ފިލްމް އަކީ އިންޑިއާގެ ސިނަމާ އިން އަނެއްކާ ވެސް އާ ކަންތައްތަކެއް ތައާރަފުކޮށް ދޭނެ ފިލްމެއްކަމަށް ހަބަރުތަށް ބުނެއެވެ.

މީގެ އިތުރުން މި ފިލްްމް ދެބަޔަކަށް ގެނެސްދިނުމަށް ނިންމީ މި ފިލްމްގެ ބާހަކަ ވީހާވެސް ޑީޓެއިލްކޮން ގެނެސްދިނުމަށްކަމަށް ވެއެވެ. އަދި ވާހަކަ ނިގުޅިގެންދާ ގޮތް ބޮޑަށް ޝައުގުވެރިކޮން ގެނެސްނުމަށް ކަމަށްވެސް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by PROJECT K (@projectk_film)

މިހާރު ޝޫޓިން ވެސް ކޮންމެވެސް ވަރަކަށް ކޮށްފައިވާ ފިލްްމ ރިލީޒް ކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ވަރަށް އުންމީދީ ފިލްްމްއެއްގެ ގޮތުގައި ބެލެވޭ މި ފިލްމް އަކީ މަޝްހޫރު ތެލެގޫ ޑައިރެކްޓަރު ނާގް އަޝްވިން ޑައިރެކްޓް ކުރާ ސައިިންސް ފިކްޝަން ފިލްމެކެވެ.

 

View this post on Instagram

 

A post shared by PROJECT K (@projectk_film)

މި ފިލްމް އަކީ ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑް ކޮށް ހަދަން ނިންމައިފައިވާ ފިލްމްއެކެވެ. ދީޕިކާ އާއި ޕްރަބާސްގެ އިތުރުން ބޮލީވުޑްގެ ލެޖެންޑް އަމިތާބް ބަޗަން އަދި ދިޝާ ޕަޓާނީ ވެސް މި ފިލްމްގެ މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް ހަބަރުތަސް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.