ޕްރިޔަންކާ ދަރިފުޅު ރަސްމީކޮން ދައްކައިލައިފި

ޕްރިޔަންކާ ދަރިފުޅު ރަސްމީކޮން ދައްކައިލައިފި

ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިއުންތެރިއާ ނިކް ޖޯނަސް އަށް އަލަތު ދަރިފުޅު ލިބުނީ މިދިއަ އަހަރުގައިއެވެ. ސަރޮގޮސީއެއް މެދުވެރިކޮން ހޯދި މި އަންހެން ކުއްޖާގެ ނަމަކީ މާލްތީ މާރީ ޗޯޕްރާ ޖޯނަސްއެވެ.

މާލްތީ އުފަންވީ މިދިއަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހުގައިއެވެ. އެއް އަހަރުގެ މާލްތީ ގެ ފޮޓޯ މީގެ ކުރިން ސޯޝޯލް މީޑީއާގައި އާންމު ކުރި ނަމަވެސް އެކުއްޖާގެ މޫނު ފެންނަ ގޮތަށް މީގެ ކުރިން އެއްވެސް ފޮޓޯއެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ. ހަމަ އެފަދައިން ޕަޕަރާޒީންނަށްވެސް އެކުއްޖާގެ މޫނު ފެންނަ ޕޯޓޯއެއް މިހާތަނަށް އަތުޖެހިފައިއެއް ނުވެއެވެ.

ނަމަވެސް ޕްރިޔަންކާ މިވަނީ ރަސްމީކޮން މާލްތީ ދުނިޔެއަށް ދައްކައިލައިފައިއެވެ. އެގޮތުން އެދެމަފިރިންގެ ދަރިފުޅު މަލްޓި މަރީ ޗޯޕްރާ ޖޯނަސްގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލީ "ޖޯނަސް ބްރަދާސް" ގެ "ހޮލީވުޑް ވޯކް އޮފް ފޭމް" ތަރި ދައްކާލުމަށް ބޭއްވި ހަރަކާތުގެ ތެރެއިންނެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

 

ނިކް ޖޯނަސް ހިމެނޭ އާއިލީ މިއުޒިކް ބޭންޑް، "ޖޯނަސް ބްރަދާސް" އަށް "ވޯކް އޮފް ފޭމް" ގެ ޝަރަފު ލިބުމާ ގުޅިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާގައި ބައިވެރިވެ، މަރުހަބާ ކިޔާ ޕްރިޔަންކާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި، ކްރީމް ކުލައިގެ ހެދުމަކާއި ހެއާ ބޭންޑެއް އަޅައިގެން ހުރި މަލްޓިގެ މޫނު ފެންނަ ވީޑިއޯއެއް ވެސް ހިމެނެ އެވެ.

"ޖޯނަސް ބްރަދާސް" އަކީ ނިކް އާއި އޭނަގެ ބޭބެއިން ކަމަށްވާ ޖޯ ޖޯނަސް އާއި ކެވިން ޖޯނަސް ހިމެނޭ ޕޮޕް ބޭންޑެކެވެ. މި ބޭންޑުގައި މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ރޯލެއް ކުޅުނު ހޮލީވުޑްގެ ބަތަލާ ސޯފީ ޓާނާގެ ފިރިމީހާ ވެސް ހިމެނެއެވެ. މި ހަފްލާގައި ސޯފީވެސް ފެނިގެން ގޮސްފައި ވެއެވެ.

ނިކް އާއި ޕްރިޔަންކާ ކައިވެނި ކުރީ 2018 ވަނަ އަހަރުގައިއެވެ. ވަރަށް ކުލަ ގަދަކޮން މި ކައިވެނި ކޮށްފައިވަނީ އިންޑިއާގައިއެވެ. ނިކް، 30، އާއި ޕްރިޔަންކާ، 40، ސަރޮގެސީ މެދުވެރިކޮށް ކުއްޖަކު ހޯދި އިރުގައި މީ ދެމީހުންގެ ވެސް އަލަތު ދަރިފުޅެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *