ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފިކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
ޖޭއެސްސީން ބުނީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް، ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރާ މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ.
މި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް 2023 ޖަނަވަރީ 18 ވީ އާދިއްތަ ދުވަހު ބޭއްވި އެކޮމިޝަނުގެ 5 ވަނަ ޖަލްސާގައި ނިންމައި ތަޙްޤީޤު ކޮމިޓީއެއް ވަނީ އެކުލަވާލާފައިކަމަށް ޖޭއެސްސީން ބުނެއެވެ.
ކޮމެންޓު ފޮނުވާ