ޔާމިން މިނިވަންކުރުމަށް ގޮވާލާ ހޯޕް ކޮންފަރެންސް އަންނަ ބުރާފަތި ދުވަހު ބާއްވަނީ

ޔާމިން މިނިވަންކުރުމަށް ގޮވާލާ ހޯޕް ކޮންފަރެންސް އަންނަ ބުރާފަތި ދުވަހު ބާއްވަނީ

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާ ހޯޕް ކޮންފަރެންސް މި ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި އިދިކޮޅު ޕީޕީއެމްއިން ބުނެފައެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ މި ކޮންފަރެންސްގެ ތެރޭގައި ބާއްވާ ދެ ހަރަކާތަކީވެސް ފުލުހުންގެ ހުއްދަ ހޯދައިގެން ބާއްވާ ދެހަރަކާތް ކަމުގައެވެ.

އޭނާ ވިދާޅުވީ "ބުންވަރު"ގެ ނަމުގައި އަންނަ ހުކުރުދުވަހު ހަވީރު ހިނގާލުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި، އަދި މި ސުލްހަވެރި ހިނގާލުމުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އޭނާ ގޮވާލެއްވިއެވެ.

ގޭގެ ސިޓިން ރޫމްތަކުން މި ހިނގާލުން ބައްލަވާލެއްވުމުގެ ބަދަލުގައި ހަމަ އަޅުގަނޑުމެންނާއެކު ފިޔާތޮށި ކުލައިގެ ހެދުމުގައި، ފިޔާތޮށި ކުލައިގެ ބުރުގާ ތުރުކުރައްވައިގެން ހުރިހާ ބޭފުޅުން ވަޑައިގެންދެއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝުޖާ ވިދާޅުވިއެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހު ހަވީރު 16:00 ގައި ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ.

ހޯޕް ކޮންފަރެންސްގެ ނަމުގައި ބާއްވާ އިވެންޓާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރޮގްރެސިވް ކޯލިޝަންގެ އެކްޝަން ޑިޕާޓްމަންޓުގެ ޗެއާ މުހައްމަދު އިސްމާއީލް ވިދާޅުވީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިޔަށް ގެންދާ ހުރިހާ ހަރަކާތެއްވެސް ކުރިޔަށް ގެންދަނީ ޔާމިންގެ އިރުޝާދުގެ މަތިންކަމުގައެވެ.

މި ނޫސްވެރިންގެ ބައްދަލު ވުމުގައި މައުލޫމާތު ދެއްވަމުން ޕްރޮގްރެސިވް ކޯލިޝަނުން ބުނެފަވަނީ މި ކޮންފަރެސްގައި ބައިވެރިވުމަށް މިހާރުވެސް 1،200 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވުމަށް މާލެ އައިސްފައި ވާކަމުގައެވެ.

ހޯޕް ކޮންފަރެންސް ނިންމުމަށް ބާއްވާ ޖަލްސާ، އަންނަ ހޮނިހިރި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *