ތ.އަތޮޅު މަދަރުސާގެ 6 ކްލާސްރޫމް ޢިމާރާތުގެ މަސައްކަތާއި އެހެން ބައެއް ކަންކަން ބަޔަކާ ޙަވާލުކޮށްފިއެވެ.
ތ. ގުރައިދޫގައި ހުންނަ ތ.އަތޮޅު މަދަރުސާގެ 6 ކްލާސްރޫމް ޢިމާރާތްކުރުމާއި ހެލްތް ރޫމާއި ކައުންސެލިންގ ރޫމް ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައެވެ.
މިއީވެސް 2022ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.
މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 9,753,391.17 ރ (ނުވަ މިލިއަން ހަތް ލައްކަ ފަނަސާސް ތިންހާސް ތިންސަތޭކަ ހަސަތޭކަ ނުވަދިހަ އެއް ރުފިޔާ ސަތާރަ ލާރި)އެވެ. މިއަގަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޒުބައިރެވެ.
ކޮމެންޓު ފޮނުވާ