އޮމަދޫ ސްކޫލްގެ 02 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

އޮމަދޫ ސްކޫލްގެ 02 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

Author
ޢަލީ އާދަމް
30 ޖެނުއަރީ 2023 12:57
0

ތ.އޮމަދޫ ސްކޫލްގެ 02 ބުރީގެ އިމާރާތަކާއި މަލްޓިޕަރޕަސް ހޯލާއި ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުންވަނީ ސޮއިކޮށްފައެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. މި މަސައްކަތް ކުރުމަށް ހަވާލުކުރީ އަންޓޯލްޑް ޕްރައިވެޓް ލިމިޓެޑާއެވެ. އަންޓޯލްޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝައްފާން ޝަމޫނެވެ.

މިއީ މިދިޔަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަގަކީ 20,909,982.18ރ ( ވިހި މިލިއަން ނުވަސަތޭކަ ނުވަ ހާސް ނުވަސަތޭކަ އަށްޑިހަ ދެ ރުފިޔާ އަށާރަ ލާރި)އެވެ. މިމަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.