އެނގިގެން މިދިޔައީ އެކި ފިކުރުތަކާއެކު ކުރިއަށްދާން އެމްޑީޕީގެ ތާޢީދު އޮތްކަން: އިމްރާން

އެނގިގެން މިދިޔައީ އެކި ފިކުރުތަކާއެކު ކުރިއަށްދާން އެމްޑީޕީގެ ތާޢީދު އޮތްކަން: އިމްރާން

Author
ޢަލީ އާދަމް
29 ޖެނުއަރީ 2023 09:00
0

އިއްޔެ ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ނަތީޖާއިން އެނގިގެން ދިޔައީ އެކި ތަފާތު ފިކުރުގެ ގިނަ މީހުން ބައިވެރިކޮށްގެން މަޝްވަރާގެ އުސޫލުން ގައުމު ހިންގުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ސިޔާސާތަށް އެމްޑީޕީގެ ތާއިދު އޮތްކަންކަމަށް ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމެރީއަށްފަހު ކުރެއްވި ޓްވީޓެއްގައި އިމްރާންވަނީ ރައީސް ޞާލިޙަށް ތަހުނިޔާ ދަންނަވާފައެވެ.

 

އަދި މިއީ ރައީސް ޞާލިޙުގެ ސިޔާސާތަށް އެމްޑީޕީގެ ޢާންމު މެމްބަރުންގެ ބޮޑު ތާއިދެއް އޮތްކަން ސާފުވެގެންސދިޔަ އިންތިޚާބެއްގެގޮތުގައި އިމްރާން ސިފަކުރެއްވިއެވެ.

އިއްޔެ ނިމިގެންދިޔަ ޕަރައިމެރީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޞާލިޙް ވަނީ ކާމިޔާބުކުރައްވާފައެވެ. މިއާއެކު ސިޔާސީ ބޭފުޅުންނާއި ޢާންމުރައްޔިތުން އަންނަނީ އެމަނިކުފާނަށް ތަހްނިޔާ ދަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.