މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެޖަލްސާގައި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މިއަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ އިތުރުން މިއަންނަ އަހަރުގެ ކަލަންޑަރުވެސް މިޖަލްސާގައި ފާސްކުރަން ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަނުން މަޢުލުމާތުދެއެވެ.
މިޖަލްސާގައި ބައިވެރިވުމަށް އެސޯސިއޭޝަންގެ މެންބަރު ކުލަބް ޖަމިއްޔާތަކުން ބައިވެރިވާން ބޭނުންވާ ދެ މެންބަރުންގެ ނަން މިއަންނަ މަހުގެ 8ވަނަ ދުވަހުގެ ކުރިން އެސޯސިއޭޝަންއަށް ހުށައެޅުމަށްވެސް އެސޯސިއޭޝަނުން ނެރެފައވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މަރޗް މަހު ބާއްވަން ތާވަލް ކުރި ނަމަވެސް މުޅި ދުނިޔޭއަށް ކުރިމަތިވެފައިވާ ކޮވިޑް19ގެ ހާލަތާގުޅިގެން އޭރު އެޖަލްސާވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އެސޯސިއޭޝަނުން ބުނީ އޭޖީއެމް ބާއްވަން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށެވެ. ޖަލްސާ އޮންނާނީ ޑިސެމްބަރ 12 ވާ ހޮނިހިރު ދުވަހުގެ 15:45 ގައި ސޮލައިޓް ރެސްޓޯރަންޓް 9 ވަނަ ފަންގިފިލާ އިންޑޯރ ހޯލްގައެވެ.
ކޮމެންޓު ފޮނުވާ