ލައިވްބްލޮގް: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ 2023!

ލައިވްބްލޮގް: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ 2023!

ހެންވޭރު ދެކުނު ދާއިރާގެ ނަތީޖާ: 

1. ނަޝީދު 180 ވޯޓު

2. ސޯލިހު 222 ވޯޓު

ބާތިލު ވޯޓު 09 ވޯޓު

ޖުމްލަ 411

ޖެނުއަރީ 28, 2023 6:46 ޕމ

ހދ. މާލޭ-1 ނަމްބަރު ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 83 ވޯޓު

2. ސޯލިހު 134 ވޯޓު

ބާތިލު ވޯޓު 05 ވޯޓު

ޖުމްލަ 222

ޖެނުއަރީ 28, 2023 6:45 ޕމ

ވިލިނގިލި، މާލޭ ދާއިރާގެ ނަތީޖާ: 

1. ނަޝީދު 156 ވޯޓު

2. ސޯލިހު 139 ވޯޓު

ބާތިލު ވޯޓު 06 ވޯޓު

ޖުމްލަ 301

ޖެނުއަރީ 28, 2023 6:45 ޕމ

ވިލިމާލޭ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 173 ވޯޓު

2. ސޯލިހު 153 ވޯޓު

ބާތިލު 5 ވޯޓު

ޖެނުއަރީ 28, 2023 6:41 ޕމ

ހއ. މާލެ 2 ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 145 ވޯޓު

2. ސޯލިހު 195 ވޯޓު

ބާތިލު ވޯޓު 4 ވޯޓު

ޖުމްލަ 344

ޖެނުއަރީ 28, 2023 6:41 ޕމ
ހއ. މާލެ 1 ނަމްބަރު ވޯޓް

ހއ. މާލެ 1 ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 135 ވޯޓު

2. ސޯލިހު 155 ވޯޓު

ބާތިލު ވޯޓު 2 ވޯޓު

ޖުމްލަ 292

ޖެނުއަރީ 28, 2023 6:40 ޕމ

ކ. ގުރައިދޫ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 60 ވޯޓު

2. ސޯލިހު 150 ވޯޓު

ބާތިލު 3 ވޯޓު

ޖެނުއަރީ 28, 2023 6:39 ޕމ

ހެންވޭރު އުތުރު ދާއިރާގެ ނަތީޖާ: 

1. ނަޝީދު 140 ވޯޓު

2. ސޯލިހު 196 ވޯޓު

ބާތިލު ވޯޓު 1 ވޯޓު

ޖުމްލަ 337

ޖެނުއަރީ 28, 2023 6:39 ޕމ

ހެންވޭރު ހުޅަނގު ދާއިރާގެ ނަތީޖާ: 

1. ނަޝީދު 115 ވޯޓު

2. ސޯލިހު 78 ވޯޓު

ބާތިލު ވޯޓު 01 ވޯޓު

ޖުމްލަ 194

ޖެނުއަރީ 28, 2023 6:38 ޕމ

ގދ. މާލެ 3 ނަމްބަރު ވޯޓް ފޮށީ (ގައްދޫޫ ދާއިރާ، މާލެ) ނަތީޖާ: 

1. ނަޝީދު 101 ވޯޓު

2. ސޯލިހު 194 ވޯޓު

ބާތިލު ވޯޓު 2 ވޯޓު

ޖުމްލަ 297

ޖެނުއަރީ 28, 2023 6:26 ޕމ

ށ. މާލެ 1 ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 69 ވޯޓު

2. ސޯލިހު 123 ވޯޓު

ބާތިލު ވޯޓު 2 ވޯޓު

ޖުމްލަ 194

ޖެނުއަރީ 28, 2023 6:24 ޕމ

ނ. މިލަދޫ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 21 ވޯޓު

2. ސޯލިހު 136 ވޯޓު

ބާތިލު 1 ވޯޓު

ޖެނުއަރީ 28, 2023 6:24 ޕމ

ތ. ތިމަރަފުށީ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 38 ވޯޓު

2. ސޯލިހު 114 ވޯޓު

ބާތިލު ވޯޓު7 ވޯޓު

ޖެނުއަރީ 28, 2023 6:23 ޕމ

ސ. ހުޅުދޫ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 128 ވޯޓު

2. ސޯލިހު 97 ވޯޓު

ބާތިލު ވޯޓް 10

ޖެނުއަރީ 28, 2023 6:23 ޕމ

ށ. މާލެ 1 ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 142 ވޯޓު

2. ސޯލިހު 163 ވޯޓު

ބާތިލު ވޯޓު 6 ވޯޓު

ޖުމްލަ 311

ޖެނުއަރީ 28, 2023 6:22 ޕމ

ރަކީދޫ ވޯޓް ފޮށީގެ ނަތީޖާ

1. މުހައްމަދު ނަޝީދު  – 1

2- އިބްރާހިމް މުހައްމަދު ސޯލިހު – 7

ޖުމްލަ 8

ޖެނުއަރީ 28, 2023 6:21 ޕމ

ހުޅުމާލޭ ވޯޓް ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  – 166

2- އިބްރާހިމް މުހައްމަދު ސޯލިހު – 148

ބާތިލް 1

ޖުމްލަ 315 

ޖެނުއަރީ 28, 2023 6:21 ޕމ

ހއ. ވަށަވަރު ވޯޓު ފޮށީގެ ނަތީޖާ:

1 . މުހަންމަދު ނަޝީދު4 ވޯޓު

2. އިބްރާހީމް މުހަންމަދު ސޯލިހު8 ވޯޓު

ބާތިލު ވޯޓެއް ނެތް

ޖެނުއަރީ 28, 2023 6:21 ޕމ

ލ. 2 މާލޭ ވޯޓް ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  – 85

2- އިބްރާހިމް މުހައްމަދު ސޯލިހު – 96

ބާތިލް 04

ޖުމްލަ 185

ޖެނުއަރީ 28, 2023 6:20 ޕމ

ގަލޮޅު އުތުރު ވޯޓް ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  – 141

2- އިބްރާހިމް މުހައްމަދު ސޯލިހު – 103

ބާތިލް: 06

ޖުމްލަ: 250

ޖެނުއަރީ 28, 2023 6:20 ޕމ

މާމިގިލީ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 48 ވޯޓު

2. ސޯލިހު 23 ވޯޓު

ބާތިލު ވޯޓު 3 ވޯޓު

ޖެނުއަރީ 28, 2023 6:19 ޕމ

ލ. 1 މާލޭ ވޯޓް ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  – 73

2- އިބްރާހިމް މުހައްމަދު ސޯލިހު – 136

ބާތިލް 05

ޖުމްލަ 214

ޖެނުއަރީ 28, 2023 6:19 ޕމ

މަރަދޫ، ފޭދޫ އައްޑޫގައ ބެހެއްޓި ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  – 86

2- އިބްރާހިމް މުހައްމަދު ސޯލިހު – 154

ބާތިލް 02

ޖުމްލަ 242

ޖެނުއަރީ 28, 2023 6:18 ޕމ

ތ. ގުރައިދޫ/ކިނބިދޫ ދާއިރާ މާލޭ ވޯޓް ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  – 133

2- އިބްރާހިމް މުހައްމަދު ސޯލިހު – 138

ބާތިލް 08

ޖުމްލަ 279

ޖެނުއަރީ 28, 2023 6:18 ޕމ

ގަލޮޅު އުތުރު ދާއިރާގެ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 141 ވޯޓު

2. ސޯލިހު 103 ވޯޓު

ބާތިލު ވޯޓު 5 ވޯޓު

ޖެނުއަރީ 28, 2023 6:17 ޕމ

މައްޗަން ގޯޅި އުތުރު ދާއިރާގެ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 124 ވޯޓު

2. ސޯލިހު 112 ވޯޓު

ބާތިލު ވޯޓު 0 ވޯޓު

ޖުމްލަ 236

ޖެނުއަރީ 28, 2023 6:17 ޕމ

މާލޭ ސިޓީ/ ޅ.މާލެ 2

1. ނަޝީދު 59 ވޯޓު

2. ސޯލިހު 129 ވޯޓު

ބާތިލު ނެތް

ޖެނުއަރީ 28, 2023 6:17 ޕމ

ގއ. ކޮނޑޭ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 21 ވޯޓު

2. ސޯލިހު 19 ވޯޓު

ބާތިލު 2 ވޯޓް

ޖެނުއަރީ 28, 2023 6:16 ޕމ

މާފަންނު ދެކުނު ދާއިރާގެ ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 107 ވޯޓު

2. ސޯލިހު 150 ވޯޓު

ބާތިލު ވޯޓު 6 ވޯޓު

ޖުމްލަ 263

ޖެނުއަރީ 28, 2023 6:16 ޕމ

އއ. ރަސްދޫ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 133 ވޯޓު

2. ސޯލިހު 91 ވޯޓު

ބާތިލު 1 ވޯޓު

ޖެނުއަރީ 28, 2023 6:15 ޕމ

މާފަންނު އުތުރު ދާއިރާގެ ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 110 ވޯޓު

2. ސޯލިހު 53 ވޯޓު

ބާތިލު ވޯޓު 2 ވޯޓު

ޖުމްލަ 165

ޖެނުއަރީ 28, 2023 6:15 ޕމ

މާފަންނު ހުޅަނގު ދާއިރާގެ ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 146 ވޯޓު

2. ސޯލިހު 268 ވޯޓު

ބާތިލު ވޯޓު 8 ވޯޓު

ޖުމްލަ 422

ޖެނުއަރީ 28, 2023 6:14 ޕމ

ހއ. ވަށަވަރު ވޯޓު ފޮށީގެ ނަތީޖާ: 1 . މުހަންމަދު ނަޝީދު4 ވޯޓު 2. އިބްރާހީމް މުހަންމަދު ސޯލިހު8. ވޯޓު ބާތިލު ވޯޓެއް ނެތް

ޖެނުއަރީ 28, 2023 6:13 ޕމ

ރިޔާސީ ޕްރައިމަރީގެ އެކްޒިޓް ޕޯލްތައް ދައްކާގޮތުން، ރައީސް ސާލިހަށް 64 އިންސައްތަ ވޯޓު ލިބޭނެ ކަމުގައި، އެމަނިކްފާނުގެ "އެމްޑީޕީ ކުރިއަށް" ކެޕްމޭން ޓީމުން ބުނެފި.

ޖެނުއަރީ 28, 2023 6:10 ޕމ

ގިނަ ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށައިފި.

ޖެނުއަރީ 28, 2023 5:53 ޕމ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ބައެއް ދާއިތާތަކުގައި ނިމި، ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދު ކުރާން ފަށައިފި. މިގޮތުން މިހާތަނަށް ބަންދު ކޮށްފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި މާލޭގައި ބެހެއްޓިފައިވާ އިހަވަންދޫ، ކެލާ އަދި ދިއްދޫގެ ވޯޓު ފޮށި ހިމެނޭ.

ޖެނުއަރީ 28, 2023 5:46 ޕމ

ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ގަޑުބަޑު ކުރުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް، ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި.

ޖެނުއަރީ 28, 2023 5:38 ޕމ

އެކްޒިޓް ޕޯލްތައް ދައްކާގޮތުން، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް 64 އިންސައްތަ ވޯޓު ލިބޭނެ ކަމުގައި، މި އިންތިޚާބުގައި ނަޝީދުގެ އޭޖެންޓްކަން ކުރައްވަމުން ގެންދަވާ، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅު ވެއްޖެ.

އެހެންނަމަވެސް އެއީ ކޮންފަރާތަކުން ހަދާފައިވާ އެގްޒިޓް ޕޯލްއެއްކަމެއް އޭނާ ވިދާޅުވެފައެއް ނުވޭ.

ޖެނުއަރީ 28, 2023 5:10 ޕމ

ޕާޓީގެ މުދަލަށް ގެއްލުންދޭ ޕާޓީގެ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ކަމަށާއި، އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވާކަމަށް. އެމްޑީޕީން ބުނެފި. އެޕާޓީން މިހެން ބުނެފައިވަނީ ދާދި ދެއްމެއަކު ކުރި ޓުވީޓެއްގައި.

ޖެނުއަރީ 28, 2023 4:57 ޕމ

ގިނަ ރަށްތަކުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް ޕާޓީގެ މެމްބަރުން ފަޅަމުންދާތީއާއި އަދި ގިނަ ރަށްރަށުގައި ހަމަނުޖެހުން ހިންގަމުން ދިއުމާއި ގުޅިގެން، ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރާ ކަމުގައި އެމްޑީޕީން ބުނެފި.

ޖެނުއަރީ 28, 2023 4:55 ޕމ

ދެ ރަށެއްގައި ބަހައްޓާފަހުރި ވޯޓު ފޮށިތައް ފަޅާލި 3 މީހަކު ފުލުހުން ހައްޔަރު ކޮށްފި.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ރަތަފަންދޫގައި ބަހައްޓާފަހުރި ވޯޓު ފޮއްޓެ ފަޅާލި 2 މީހަކާއި އަދި ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގައި ބަހައްޓާފަހުރި ވޯޓު ފޮށި ފަޅާލި ކަމުގައި ތުހުމަތު ކުރެވޭ އެކަކު.

ތިނަދޫގައި މިއަދު ހަމަނުޖެހުން ހިނގަނީ
ޖެނުއަރީ 28, 2023 4:33 ޕމ

ގައްދޫގައި ހިނގި ހަމަނުޖެހުންތަކަށްފަހު އަލުން ވޯޓުލާން ފަށައިފި.

ޖެނުއަރީ 28, 2023 4:09 ޕމ

ގދ. ތިނަދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއްވެސް ފަޅާލައިފި. ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޅާލާފައިވަނީ ތިނަދޫ އަބޫބަކުރު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ކަމަށް.

އަބޫބަކުރު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ މައްސަ ޖެހުނު ސަބަބެއް ކަމުގައި އެރަށު މީހަކު ކިޔައިދީފައިވަނީ، ރައީސް ސާލިހަށް ތާއީދުކުރާ ފަރާތްތަކުން ފޯނު ހިފައިގެން ވޯޓުލާން ވަންނަމުން ދިއުމާއި ގުޅިގެން ނަޝީދަށް ތާއީދުކުރާ ފަރާތްތަކުންވެސް ފޯނު ހިފައިގެން ވޯޓުލާން ވަންނަން މަސައްކަތް ކުރުމުން

ޖެނުއަރީ 28, 2023 4:09 ޕމ
ހިރިޔާ ސްކޫލުގައި ހުރި ވޯޓު ފޮށީގެ މައްސަލަ ހައްލުކޮށް އަލުން ވޯޓުލާން ފަށައިފި. ތަނުގެ މަސްލަހަތު ހިފެހެއްޓުމަށް އެސްއޯފުލުހުންވެސް ގޮސްފައިވޭ.
މައްސަލަ ޖެހުނީ.  މާފަންނު ހުޅަނގު ދާއިރާގެ ވޯޓު ފޮށީގަ.
ޖެނުއަރީ 28, 2023 3:08 ޕމ

ބައެއް ރަށްށުގައި ވޯލު ކަރުދާސް ވޯޓު ފޮއްޓަށް ވައްޓާލުމުގެ ކުރިން ދައްކާ މައްސަލަވެސް ދަނީ ފެންމަތި ވަމުން. މިގޮތުން ގއ. ވިލިގިލީގައި ވޯޓުގަޑު ފޮއްޓަށް ވައްޓާލުމުގެ ކުރިން ދައްކާ މަންޒަރުގެ ފޮޓޯތައްވަނީ ސޯޝަލް މީޑިއާގައި އާންމު ވެފަ.

ޖެނުއަރީ 28, 2023 2:59 ޕމ

ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ކެއްތެރިކަމާއި ސުލްހަވެރިކަމާއެކު ވޯޓުލާ ނިންމާލުމަށް ރައީސް ސޯލިހުގެ ކެމްޕޭން ޓީމުގެ ފަރާތުން އިލްތިމާސް ކޮށްފި. "އެމްޑީޕީ ކުރިއަށް" ކެމްޕޭނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވާދަވެރިން ވޯޓު ފޮށިތައް ގަޑުބަޑު ކުރަން އުޅޭ ކަމަށާއި އެކަންކަމާއި ބައިވެރި ނުވުމަށް.

ޖެނުއަރީ 28, 2023 2:40 ޕމ

ލިސްޓުގައި ނަން ނެތް ފަރާތްތަކުން ވޯޓު ލުމާއި ގުޅިގެން މާފަންނު ދެކުނު ދާއިރާގެ ވޯޓު ލުންވެސް ހުއްޓުމަކަށް އައިސްފި.

ޖެނުއަރީ 28, 2023 2:20 ޕމ

އެމްޑީޕީގެ މަޑަވެރި ދައިރާގެ މެމްބަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ލިސްޓުގައި ނަން ނެތް 4 މީހަކު ވޯޓު ލާފައިވަނީ އޮފިޝަލުންނަށް ދައްކާފައިކަމަށް ނަޝީދުގެ ފަރާތުން ވޯޓު ފޮށި ކައިރީގައި ތިބި މަންދޫބުން މައުލޫމާތު ދީފައި ވާކަމަށް.

އަދި އޭނާވަނީ އެ މީހުންގެ ނަންތައްވެސް ޓުވީޓު ކޮށްފަ.

ޖެނުއަރީ 28, 2023 2:08 ޕމ

ލިސްޓުގައި ނަން ނެތްކަމަށް ބުނެ އެރަށުގައިވެސް ކުރިޔަށްދާ ވޯޓުލުން ހުއްޓުވައިފި.

 

ޖެނުއަރީ 28, 2023 2:07 ޕމ

މައުލުމާތު ލިބިފައިވާ ގޮތުގައި ހަމަ ނުޖެހުން އުފެދުނީ ރައީސް ސާލިހަށް ތާއިދުކުރާ ފަރާތްތަކުން، ލާ ވޯޓުތައް ފޮޓޯ ނެގުމަށް ބޮޑި ކެމެރާ ވައްދާ ވޯޓު ފޮއްޓަށް ލާ ވޯޓު ފޮޓޯ ނަގަން ފެށުމާއި ގުޅިގެން.

އަދި މިމައްސައާއި ގުޅިގެން އުފެދުނު ހަމަނުޖެހުންތައް ހައްލު ނުވުމާއެކު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުންވަނީ ވޯޓުލާ މަރުކަޒުތެރެއަށް ވަދެގަނެ، މޭޒުތައް ފުނޑާލާ އަދި ވޯޓު ކަރުދާސްތައްވެސް ވީދާ ހަދާލާފަ.

ޖެނުއަރީ 28, 2023 1:54 ޕމ

ހަމަނުޖެހުން ހިނގާ ގައްދޫގަ ހުރި ވޯޓް ކަރުދާސްްތައް ހަލާކުކޮއްލައިފި.

ޖެނުއަރީ 28, 2023 1:18 ޕމ

މާލޭގައި ބަހައްޓާފައި ހުރި ގއ. ވިލިގިލީ ފޮށިކައިރީގައި ވަނީ  ހަމަނުޖެހުން ބޮޑުވެފަ. މި ފޮށިކައިރީ ހަމަނުޖެހުން އުފެދުނީ ލިސްޓިގައި ނަން ނެތް މީހަކު ފޮއްޓަށް ވޯޓު ލާފައިވާކަމަށް ތުހުމަތު ކުރެވުމާއި ގުޅިގެނަ

ޖެނުއަރީ 28, 2023 12:52 ޕމ

ގއ. ވިލިގިލީ ފޮޓަށް ނަން ނެތް މީހަކު ވޯޓު ލުމުގެ ތުހުމަތާއެކު އެ ފޮށީގެ ކައިރީގައި ހަމަނުޖެހުންތަކެއް ވަނީ ހިނގާން ފަށާފަ.

 

ޖެނުއަރީ 28, 2023 12:03 ޕމ

ރައީސް ނަޝީދު ވެސް ވަނީ ވޯޓް ލައްވައިފައި. ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓް ފޮއްޓަށް.

ޖެނުއަރީ 28, 2023 11:28 އމ

އައްޑޫ ސިޓީގައިވެސް ވޯޓުލުން ދަނީ ފެށިގެން ކުރިއަށް. އެސީޓިގައި ގިނަ ބަޔަކު ވޯޓު ލާން ނުކުންނަމުން ދާއިރު އެއްވެސް ހަމަނުޖެހުމެއް ހިގާފައެއް ނުވޭ.

ޖެނުއަރީ 28, 2023 11:27 އމ

މާފުށީގައި ވެސް ވޯޓުލުން ދަނީ ކުރިއަށް. މާފުށީގައި އެއް ފޮށި ބަހައްޓައިފައިވާއިރު އެ ފޮއްޓަށް މިހާތަނަށް 53 މީހަކުވަނީ ވޯޓުލައިފައި. މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ނުވަތަ ޝަކުވާއެއް ހުށަހަޅަފައިނުވާކަމަށް އެމްޑީޕީއަށް ނިސްބަތްވާ މާފުށީ ކައުންސިލުން މައުލޫމާތު ދޭ.

ޖެނުއަރީ 28, 2023 11:25 އމ

ރައީސް ސާލިހް ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓު ލެއްވީ އިސްކަންދަރު ސްކޫލުގައި ބެހެއްޓިފައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށް.

ޖެނުއަރީ 28, 2023 10:55 އމ

ވޯޓުލާ ބައެއް މަރުކަޒުތަކުގައި ދެ ކެނޑިޑޭޓުންގެ ސަޕޯޓަރުންނާއި އޮފިޝަލުންނާ މެދު މައްސަލަ ހޫނުވެ އަޑުގަދަ ކުރަމުންގެންދޭ. މިގޮތުން މައްސަލަ ބޮޑުވި މަރުކަޒެއްގެ ގޮތުގައި ވޯޓުލާ އެއް މަރުކަޒު ކަމަށްވާ އިސްކަންދަރު ސްކޫލު ފާހަގަކޮށްލެވޭ.

ޖެނުއަރީ 28, 2023 10:45 އމ

ލ. މުންޑޫގައި ބަހައްޓާފައިވާ ވޯޓު ފޮށީގެ ވޯޓު ލުން، ވޯޓުލުން ފަށަން ހަމަޖެހިފައިވާ ގަޑި 9:00 ގެ ކުރިން ފަށާފައިވާ ކަމަށް ރައީސް ނަޝީދުގެ އިންތިޚާބީ އެޖެންޓް ހަސަން ލަތީފު ވިދާޅުވެއްޖެ.

ޖެނުއަރީ 28, 2023 10:34 އމ

ވޯޓުލާ މަރުކަރުގައި ތިބޭ އޮފިޝަލުންގެ ގޮތުގައި އޮތް ވޯޓު ލިސްޓާއި ޝާއިއުކުރި ވޯޓު ލިސްޓާ ދިމާ ނުވާކަމުގެ ގިނަ ޝަކުވާތަކެއް ދަނީ ލިބެމުން: ހަސަން ލަތީފް

ޖެނުއަރީ 28, 2023 10:19 އމ

ޒާތީ ތައްސުބާއި އެކަށީގެން ނުވާ ބަހުރުވައާއި ޒުވާބާ ޖަދަލު ކުރުމުގެ ތެރެއަށް ނުވެއްޓި ކެމްޕޭނުގައި ދެމިތިބި އެމްޑީޕީގެ މެމްބަރުންނަށް ރައީސް ސާލިހު ޝުކުރު އަދާ ކުރައްވައިފި. | https://khabaruonline.com/122850

ޖެނުއަރީ 28, 2023 10:15 އމ

ހަސަންލަތީފް ތުހުމަތު ކޮށްފައިވާ ގޮތުގައި ލ. މުންޑޫގައި 9:00 ގައި ވޯޓު ލާން ފަށާފައިވަނީ ނަޝީދުގެ އެއްވެސް މަންދޫބެއް ނެތި.

ޖެނުއަރީ 28, 2023 10:13 އމ

ލ. މުންޑޫގައި ބެހެއްޓި ވޯޓު ފޮށީގެ ވޯޓުލުން ފެށި ގޮތާ މެދު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިންތިހާބީ އެޖެންޓް ހަސަން ލަތީފް ވަނީ ޝަކުވާއެއް ފެންމަތި ކުރައްވާފައި.

ޖެނުއަރީ 28, 2023 10:10 އމ

މިނިވަން ޑިމޮކްރަޓިކް ދެފުށްފެންނަ އިންތިޚާބީ އުސޫލުތައް ރާއްޖޭގައި ތައާރަފްކުރި، އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް ގަޑުބަޑު ކުރުމަކީ އޮތް ފުރުސަތެއް ނޫންކަން އެނގިތިބެ، ވާދަވެރި ކެންޑިޑޭޓުގެ ފަރާތުން އެއްވެސް އަސާސެއްނެތި އެފަދަ ތުހުމަތާއި އިލްޒާމް އެޅުވުމަކީ ހިތާމަ ކުރާ ކަމެއް ކަމުގައި ރައީސް ސާލިހުގެ "އެމްޑީޕީ ކުރިއަށް" ކެމްޕޭނުން ހާމަ ކޮށްފި.

ޖެނުއަރީ 28, 2023 10:04 އމ

ޕްރައިމަރީގައި ވޯޓުލުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމުލަ 243 ވޯޓު ފޮށި ވަނީ ބަހައްޓާފައި.

ޖެނުއަރީ 28, 2023 9:29 އމ

ޕްރައިމަރީގެ ވޯޓުލުން ފަށައިފި. ވޯޓުލުން ފެށިއިރު ބައެއް މަރުކަޒުތަކުގައި ގިނަ އަދަދެއްގެ މީހުން ވޯޓުލާން ގޮސް ތިބި.

ޖެނުއަރީ 28, 2023 9:14 އމ

ހެނދުނު 9 ޖެހުމާއެކު ބައެއް ރަށްތަކުގައި ޕްރައިމަރީގެ ވޯޓުލުން ފެށިއްޖެ.

ޖެނުއަރީ 28, 2023 9:11 އމ

ވިލިގިލީ ދާއިރާގެ ވޯޓު ފޮށި ހުންނާނީ މުހިޔިއްދީން ސްކޫލުގައި.

ޖެނުއަރީ 28, 2023 8:55 އމ

ދެ ކެނޑިޑޭޓުންގެ ފަރާތުން ނެރެފައިވާ އެންމެ ފަހުގެ ބަޔާން:

ރައީސް ސާލިހްގެ ބަޔާން

ރައީސް ނަޝީދުގެ ބަޔާން

ޖެނުއަރީ 28, 2023 8:53 އމ

ސަރުކާރުގެ ކްލައިމެޓް އެންވޯރި ސަބްރާ ނޫރައްދީން ރައީސް ސާލިހަށް ތާއިދު ކުރާކަން ހާމަ ކޮށްފި.

ޖެނުއަރީ 28, 2023 8:40 އމ

ރިޔާސީ ޕްރައިމަރީއަކުން އަދި މިހާތަނަށް ފެނިގެން ނުދާ ވަރުގެ ވާދަވެރި ކެމްޕޭނެއް، އެމްޑީޕީގެ އެތެރޭގެ މި އިންތިހާބާއި ގުޅިގެން ފެނިގެން ގޮސްފައިވޭ.

އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ސޯލިހް ބޭއްވެވި ބޮޑު ޖަލްސާގެ ތެރެއިން

 

އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ނަޝީދު ބޭއްވެވި ބޮޑު ޖަލްސާގެ ތެރެއިން
ޖެނުއަރީ 28, 2023 8:32 އމ

މިއަދު ކުރިޔަށް ދާ ރިޔާސީ ޕްރިމަރީގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ގައި.

ޖެނުއަރީ 28, 2023 8:32 އމ

މިއީ ސިޔާސީ ޕާޓީއަކުން ބާއްވާ އެތެރޭގެ އެންމެ ބޮޑު އަދި އެންމެ ވާދަވެރި އިންތިހާބެވެ.

ޖެނުއަރީ 28, 2023 8:16 އމ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ 2023 ގައި ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

ޕްރައިމަރީގައި ވާދަކުރައްވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *