ގާތް އެކުވެރިޔާ ޝާހުރުކް ހާން ފަސްއަހަރު ފަހުން އެނބުރި އަންނަ ފިލްމް ކަމުގައިވާ "ޕަޓާން" ގައި ހާއްސަ ފެނިލުމެއް ވަނީ ސަލްމާން ކުޅެދީފައިއެވެ. މިދެމީހުން އެކުގައި ފެނިގެންދިއަ މި ހާއްސަ ފެނިލުން ބެލުނަތެރިންނަށް ވަރަށް ބޮޑަށް ވަނި ކަމުގޮސްފައިއެވެ.
މިމަހުގެ 25 ވަނަ ދުވަހުގައި ސިނަމާއަށް ދޫކޮށްލައިފައިވާ ފިލްމް "ޕަޓާން" ގެ ކުޑަކުޑަ ތަންކޮޅަކުން ޝާހު އާއި ސަލްމާން ފެނިގެން ދެއެވެ. އެއާއި އެކުގައި ބެލުންތެރިންގެ ބޮޑު ތަރީބެއް އަންނަނީ މި ހާއްސަ ފެނިލުމަށް ލިބެމުންނެވެ.
އަދި ހަމައެއާއި އެކުގައި ދެ ތަރިން އެކުގައި ފިލްމް އަކުން ފެންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީޑު ކުރާ ކަމަށް ފިލްމް ބަލަންދިއަ ގިނަ ބަޔަކު މިވަނީ ބުނެފައިއެވެ. ސަލްމާންގެ ކުރިއަށް އޮތް ޓައިގާ ގެ ފްރެންޗައިޒްގެ ތިންވަނަ ފިލްމް އިން ޝަހުގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެ ކަމަށް ހަބަރުތަށް އަންނަނީ ބުނަމުންނެވެ.
ބޮލީވުޑްގެ ފިލްމް ތަށް ފުލު ފުލުގައި ފްލޮޕް ވަމުން އަންނަ މިދަޑިވަޅުގައި "ޕަޓާން" ވަނީ މޮޅު ފިލްމް އެއް ހިންގާނެ ކަން ސާބިތު ކޮށްދީފައިއެވެ. މިދިއަ އަހރުގައި ރިލީޒް ކުރި ބޮޑެތި ތަރިންގެ ފިލްމް ތަށްވަނީ ފްލޮޕް ވެފައިއެވެ.
ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ "ޕަތާން" އަކީ ޔަޝްރާޖްގެ ގެ ކުޑައިގެ ދަށުން ނެރެފައިވާ ފިލްމްއެކެވެ. މި ފިލްމްގެ ލީޑުން ޝާހު އާއި އެކުގައި ފެނިގެންދަނީ ދީޕިކާ ޕަދުކޯން އެވެ. އަދި ނެގެޓިވް ރޯލަކުން ޖޯން އަބްރަހަމް ވެސް ފެނިގެންދާނެއެވެ.