"ޕަޓާން" އަށް ބޮކްސް އޮފީހުގައި ރެކޯޑް ފެށުމެއް

"ޕަޓާން" އަށް ބޮކްސް އޮފީހުގައި ރެކޯޑް ފެށުމެއް

މިމަހުގެ 25 ގައި ސިނަމާތަކަށް ދޫކޮށްލި ފިލްމް "ޕަޓާން" ރިލީޒްކުރި ދުވަހު ރެކޯޑް އާމްދަނީއެއް ހޯދައިފި އެވެ. މި ފިލްމް އަކީ 5 އަހަރެއްހައި ދުވަސް ފަހުން ޝާހުރުކް ހާން އެނބުރި އައުން ފާހަގަ ކުރާ ފިލްމްއެވެ.

ފިލްމް އެޅުވި ދުވަހުގައި ރިކޯޑް އަދަދެއްގެ ވިޔަފާރިއާއި އެކު، އިންޑިއާގެ ބޮކްސް އޮފީހުގެ އެންމެ މަތިން ޖާގަ ހޯދި ފިލްމް ގެ ލީޑުން ޝާހު ފެނިގެން ދާއިރުގައި އޭނާ އާއި އެކުގައި ފެނިގެން ދަނީ ދީޕިކާ ޕަދުކޯންއެވެ. އަދި ފިލްމްގެ ނެގެޓިވް ރޯލަކުން ޖީން އަބްރަހަމް ވެސް ފެނިގެން ދާނެއެވެ.

އިންޑިއާ އިން އެކަނި 55 ކްރޯޑް ރުޕީސް (6.13 މިލިއަން ޑޮލަރު) ލިބިފައިވާ އިރު، އިންޑިއާގެ ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީއާ އެކީ ފުރަތަމަ ދުވަހު ފިލްމަށް ވަނީ ޖުމްލަ 106 ކްރޯޑް ރުޕީސް (13 މިލިއަން ޑޮލަރު) ލިބިފަ އެވެ.

"ޕަތާން" އަށް ރަނގަޅު ފެށުމެއް ލިބި މި އަހަރު ބޮލީވުޑްގެ އެންމެ ބޮޑު އެއް ހިޓަށްވާނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ އިރު، މި ފިލްމް އަކީ 57 އަހަރުގެ އެކްޓަރުގެ ކެރިއަރުގެ ފުރަތަމަ އެކްޝަން ތުރިލާ އެވެ.

ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ "ޕަތާން" އަކީ ޔަޝްރާޖްގެ ގެ ކުޑައިގެ ދަށުން ނެރެފައިވާ ފިލްމްއެކެވެ. ފިލްމް ގެ މަގުބޫލުކަން އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ވެސް ބޮޑު ކާމިޔާބެއް ހޯދަމުންނެވެ.

ޕަޓާން އަށް ވަނީ ވަރަށް ގިނަ އެޑްވާންސް ބުކިންގްވެސް ލިބިފައެވެ. އެގޮތުން ޕަތާން ވެފައިވަނީ، ފިލްމު ރިލީޒް ކުރުމުގެ ކުރިން ފުރަތަމަ ދުވަހު އެންމެ ގިނަ ޓިކެޓް ވިކުނު ހިންދީ ސިނަމާގެ ދެވަނަ ފިލްމަށެވެ. އެގޮތުން ޕަޓާންގެ 5.5 ލައްކަ އެޑްވާންސް ޓިކެޓް ވިކިފައިވާއިރު، އަދިވެސް އަންނަނީ ޓިކެޓް ވިކެމުންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *