ރައީސް ސާލިހު ފަދަ ވިޝަނަރީ ލީޑަރަކު މުޅި ދުނިޔޭގައިވެސް ނެތް ކަމަށާއި، ރައީސް ސާލިހުގެ ފަހަތްޕުޅުގައި ހުންނެވީ ރައީސް ސާލިހު ދިވެހި ރައްޔިތުންނަށްޓަކާ އަދަޔާ ޚިލާފް ޚިދުމަތްތަކެއް ކޮށްދެއްވަމުންދާތީ ކަމަށް ކަމުގައި އައްޑޫ މަރަދޫ ދައިރާގެ މެމްބަރުން އިބުރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިރޭ އައްޑު އަތޮޅު ހިތަދޫގައި ކުރިޔަށްދިޔަ ރައީސް ސާލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ފާއިތުވެދިޔަ 50 އަހަރުގައިވެސް އައްޑުއަށް އައިސްފައިނުވާފަދަ ތަރައްގީ ރައީސް ސާލިހުގެ ވެރިކަމުގައި އައްޑުއަށް އަންނަމުންދާ ކަމަށެވެ. އަދި ޝަރީފް ވިދާޅުވީ ރައީސް ސާލިހުއަށް ޕްރައިމަރީ ކާމިޔާބު ނުވެއްޖެނަމަ، އައްޑޫގައި ކުރިޔަށްދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް އަތުވެދާނެކަމަށާއި، އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިގެން ދިޔަ ނުދިނުމަށް ރައިސް ސާލިހަށް ޕްރައިމަރީ ކާމިޔާބު ކޮށްދޭން ޖެހޭ ކަމުގައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ޔޫރަޕަށް ރާއްޖެއިން ބޭރުކުރާ މަހަށް ދައްކަންޖެހޭ ޓެރިފް ކަނޑާލެވިގެން ދިއުމުން، މަސް ގަންނަ އަގު 25 ރުފިޔާއަށް މަތިކޮށް ދެއްވާނީ ރައީސް ސާލިހު ކަމުގައެވެ.
ޝަރީފް ވިދާޅުވީ، އަވައްޓެރި ހުރިހާ ގައުމެއްގެ އިގްތިސާދު އިނދަ ޖެހިންގެ ދިޔައިރުވެސް، ދިވެހި ފައިސާގެ އަގު ހިފަހައްޓަވާލަ ދެއްވާ، ރާއްޖޭގެ އިގްތިސާދު އިނދަޖެހިގެން ދިޔަ ނުދީ ފަރުޖެއްސުނީ ރައީސް ސާލިހު ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމުގައެވެ.
އަދި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފްވަނީ ސަރުކާރުން އައްޑޫގައި ކުރިޔަށް ގެންދަމުންދާ ތަރައްގީގެ ގިނަ މަޝްރޫއުތަކުގެ ތަފްސީލުތަކަށް ބައްލަވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ