ލޯބި ވެވިއްޖެ" މެއި 3 ގައި ސިނަމާއަށް

ލޯބި ވެވިއްޖެ" މެއި 3 ގައި ސިނަމާއަށް

Author
ފާތިމަތު ނާވީ
25 ޖެނުއަރީ 2023 02:21
0

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅެފައިވާ ފިލްމް "ލޯބި ވެވިއްޖެ" ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކައިލައިފިއެވެ.

މި އަހަރުގެ މެއި 3 ގައި އޮލިމްޕަސް ސިނަމާ އަށް ގެންނަން އަމާޒު ހިފާފައިވާ މި ފިލްމް އަކީ މަރާމަތަށްފަހު އޮލިމްޕަސް ހުޅުވާއިރުގައި އަޅުވާ ދެވަނަ ފިލްމްއެވެ. ސިނަމާ އަލުން ހުޅުވާލާއިރުގައި އަޅުވާ ފުރަތަމަ ފިލްމް އަކީ "ބީވީމާ"އެވެ.

"ބީވީމާ" ގެ ޑައިރެކްޓަރު އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ލޯބިވެބިއްޖެ" ގެ ޕްރޮމޯޝަންތައް މިހާރު ކުރިއަށް ގެންދާ އިރު، އެންމެ ފަހުން އޮލިމްޕަހުގައި އެޅުވީ ވެސް އޭނަ ޑައިރެކްޓްކޮށް، ކުޅުނު ފިލްމެކެވެ. އެއީ 2020 ގެ "އަނދިރިކަން" އެވެ.

"ލޯބި ވެވިއްޖެ" އިން ސީޒަން އާއިއެކުގައި ދެ ބަތަލާއިން ފެނިގެންދާނެއެވެ. އެއީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. މާލެ އާއި ގދ. ތިނަދޫގެ އިތުރުން ސްރީ ލަންކާގައި ވެސް މަންޒަރުތަކެއް ނަގާފައިވާ ފިލްމުގެ ކާސްޓްގައި އަހުމަދު އީސަ (އާނަންދު) އާއި އަހުމަދު ނިމާލާއި އިރުފާނާ އިބްރާހީމާއި އަލީ އާޒިމް (ދޮންއައްޔަ) އާއި އައިޝަތު ނިޝާ އާއި އިބްރާހީމް ޝާފިއު (ފުބޫ) ފަދަ ތަރިން ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.