މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުޙައްމަދު ޢިޔާޒު މަރަން ގޮވާލައި މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގެ މައްސަލަ ޢަދާލަތު ޕާޓީން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ޢަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު ވަނީ މިކަން ހާމަކުރައްވާފައެވެ. ޢަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައިވަނީ ޢަދާލަތު ޕާޓީގެ އިސް ފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ.މުޙައްމަދު އިޔާޒް މެރުމަށް ސޯޝަލް މިޑިއާގައި ގޮވާލައި އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެގޮތުގައި ބަލައިދިނުމަށްއެދި ދިވެހި ފުލުގުންގެ ޚިދުމަތަށް ޢަދާލަތު ޕާޓީގެ ފަރާތުން ހުށަހަޅާފައިވާނެކަމަށެވެ.
ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފު މެރުމަށް، މީސްމީޑިއާގައި ގޮވާލާ އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށްއެދި ފުލުހުންގެ ޚިދުމަތަށް ޢަދާލަތު ޕާޓީގެ ފަރާތުން ހުށަހަޅާފި!
— Ali Nazeer (@alynazeer) January 24, 2023
މީހަކު ޑރ.އިޔާޒް މެރުމަކީ ވާޖިބެއްކަމަށާ، އެއީ ތިމަންނާގެ ފަތުވާ ފަތުވާކަމަށް ބުނެފައިވަނީ، ރައީސް ޞާލިޙްގެ ވެރިކަމާ ދެކޮޅަށް ކުރެވޭ ކަންކަން ފެއިލްކޮށްލުމަކީ ވާޖިބެއްކަމަށްބުނެ ޑރ.އިޔާޒް ވިދާޅުވެފައިވާ ބަސްފުޅަކާ ގުޅިގެންނެވެ.
ޑރ.އިޔަޒަކީ ޢަޑާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެންނަމަވެސް މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންގައި ޑރ.އިޔާޒް އަންނަނީ ރައީސް ޞާލިޙަށް ތާޢީދުކުރައްވައި އެމަނިކުފާނު ޕްރޮމޮޓުކޮށް ތައުރީފް ކުރައްވަމުންނެވެ. އަދި ރައީސް ނާޝީދަށް ފާޑުވިދާޅުވެ އެންޓި-ކެމްޕެއިން ކުރައްވަމުންނެވެ. މިއާއެކު ވަރަށްގިނަބަޔަކު އަންނަނީ ޑރ.އިޔާޒަށް ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ. އެއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގެ ކެމްޕެއިނަކާމެދު މިހެން ވާހަކަދެއްކެވާތީއެވެ.
ކޮމެންޓު ފޮނުވާ