ޒުވާން އެކްޓަރު ކާތިކް އާރިޔާން އަކީ މިއަދު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރެވެ. 32 އަހަރުގެ އެކްޓަރު އަންނަނީ ބޮލީވުޑްގެ މެދު އުޑުގައި ފިޔަޖަހަމުންނެވެ.
ކާތިކް އަކީ މިއަދު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ. މިދިއަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ބޫލް ބުލައްޔާ 2″ ގެ ކާމިޔާބީ އާއި އެކުގައި ބޮލީވުޑްގެ އެންމެ ގުނާލެވޭ ޑައިރެކްޓަރުން ތިބީ ކާތިކް އާއި އެކުގައި މަސައްކަތް ކުރުމަށް ކެއްމަދުވެގެންނެވެ.
ސަލްމާން އަކީވެސް ކާތިކް އެކޭ އެއްފަދައިން އޭނާގެ ޒުވާން އުމުރުގައި ވަރަށް ކާމިޔާބު ފިލްމްތަކެއް ކުޅެ މިއަދު ބޮލީވުޑްގައި ވަރަށް ނުފޫޒު ގަދަ އަދި މިހާރު އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ. ސަލްމާންގެ ފިލްމް 1989 ވަނަ އަހަރުގެ ފިލްމް "މޭނޭ ޕިޔާރް ކިޔާ" ގެ ކާމިޔާބާއި އެކުގައި ސަލްމާންވެސް ވަނީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ވެގެން ގޮސްފައިއެވެ.
ސަލްމާން އާއި ކާތިކް އެކުގައި އަދި އެއްވެސް މަސައްކަތެއް ނުކުރެއެވެ. ނަމެވެސް ބައެއް ފަހަރު ޕާޓީ ތަކުން ސަލްމާން އާއި ބައްދަލުވާ ކަމަށާއި އެ ބައްދަލުވުމުގައި ވަރަށް ނަސޭހަތްދޭކަމަށް ކާތިކް ވަނީ ބުނެފައިއެވެ. އެގޮތުން ޕާޓީއަކުން ދިމާވެގެން ސަލްމާން ދިން ނަސޭހަތެއް އަދި އަދައް ދަންދެންވެސް އޭނާ ހަދާން ހުންނަ ކަމަށް ވެއެވެ.
މި ފަހުން މީޑިއާއާއި ވާހަކަ ދައްކަމުން ކާތިބް ބުނީ ސަލްމާން އަކީ އޭނާ އަށް ވަރަށް ހެޔޮ އެދޭ މީހެއް ކަމަށެވެ. އޭނާ އެކޭ އެއް ފަދައިން ސަލްމާން ގެ ވިދުންވެސް ގަދަވީ ޒުވާން ދުވަސްވަރުގައި ކަމަށާއި މިއަދު ސަލްމާން އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ތަރި ކަމަށެވެ.
"އަދިވެސް ވަރަށް ހަދާންވޭ ސަލްމާން ސާ ދިން ނަސޭހަތެއް. އެނަސޭހަތް ވަރަށް ބޮޑަށް ބަލައިވެސް ގަންނަން. ސަލްމާން ބުނި އަހަރެންގެ ފިލްމް ކާމިޔާބު ވެފައި އަދި ދެން ނުކުންނަ އެހެން ތަރިންގެ ފިލްމް ވެސް ކާމިޔާބު ވިއްޔާ އެހާ މަޖާ ނުވާނެ ކަމަށް. އެކަމު އަހަރެންގެ ފިލްމް ކާމިޔާބު ވެފައި ދެން ނުކުންނަ އެހެންތަރިންގެ ފިލްމް ތަށް ނާކަމިޔާބު ވުމުން ތިބާގެ ތަރި އަރާއި މެދު އުޑުގައި ފިޔަޖަހަން ފަށާނެ ކަމަށް."
ހާގިގަތުގަިއ އެއީ ހަމަ ވަރަށް ރަނގަޅު ވާހަކައެއް ކަމަށާއި އެކަން ގަބޫލު ކުރެވޭ ކަމަށް ކާތިކް ވަނީ ބުނެފައިއެވެ. އަދި ހަމަ އެއާއި އެކުގައި ކާމިޔާބީ އަކީ ވަރަށް ތަފާތު ރަހައެއްލާ އެއްޗެއް ކަމަށްވެސް ކާތިކް ވަނީ ބުނެފައިއެވެ.
ކާތިކް ބޮލީވުޑްއަށް ތައާރަފްވީ ފިލްމް "ޕިޔާރްކާ ޕަންޗުނާމާ" އިން 2011 ވަނަ އަހަރުގައިއެވެ. އޭނާގެ ދެ ފިލްމް އެއް މިދިއަ އަހަރުގައި ވަނީ ރިލީޒް ކޮށްފައިއެވެ. އެއީ ބޮޑު ކާމިޔާބެއް ހޯދި ފިލްމް " ފްރެޑީ" "އާއި ބޫލް ބުލައްޔާ 2″ އެވެ