ޅ. ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅުއްވައިދެއްވީ މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އަދިި ރަށު ކައުންސިލް މެމްބަރުންނެވެ.
https://twitter.com/MoNPHImv/status/1617175997845213188?s=20&t=eDaODvrVY3DDB0YWzomJgQ
ހިންނަވަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖުލައިމަހުއެވެ.
ކޮމެންޓު ފޮނުވާ