"ބީވީމާ"ގެ ޓިކެޓް ވިއްކަން ފަށައިފި

"ބީވީމާ"ގެ ޓިކެޓް ވިއްކަން ފަށައިފި

އޮލިމްޕަސް ސިނަމާގައި އަޅުވާ ފުރަތަމަ ފިލްމަކަށް ޑާކްރެއިން އެންޓަޓެއިންމެންޓް (ޑްރޭ) ގެ، "ބީވީމާ" ހަމަޖައްސައި، އެ ފިލްމުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

ކޮވިޑްގެ ހާލާތު ރާއްޖޭގައި ގޯސްވާން ފެށުމުން އެ އަހަރުގެ މާޗް މަހުގެ ކުރީކޮޅު އޮލިމްޕަސް ބަންދުކުރީ އެތަނުގަައި އަލީ ސީޒަންގެ "އަނދިރިކަން" އަޅުވާފައި އޮއްވަ އެވެ. އޭގެ ފަހުން މިހާތަނަށް އައި އިރު، އެ ސިނަމާގައި އެއްވެސް ފިލްމެއް އަޅުވައިފައެއް ނުވެ އެވެ.

އެފަހުން ސިނަމާ މިހާތަނަށް ބަންދު ކޮށް މަރާމާތަށް ކަމަށްބުނެ ހުޅުވާފައިއެއް ނުވެއެވެ. "ބީވީމާ" އަކީ އޮލިމްޕަސް މަރާމާތު ކުރުމަށްފަހު އޮލިމްޕަހުގައި އަޅުވާނެ ފުރަތަމަ ފިލްމްއެވެ.

ސްކްރީން ރައިޓަރު އަހްމަދު ޒަރީރު ލިޔެ ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ޓިކެޓު މިހާރު ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް އޮލިމްޕަސް ސިނަމާއިން ވިއްކަ އެވެ. ޓިކެޓެއްގެ އަގު 135 ރުފިޔާ އަށް އުޅޭއިރު، ޕްރިމިއާ ނައިޓްގެ ޓިކެޓް އަގު އުޅެނީ 150 ރުފިޔާ އަށެވެ.

 

"ބީވީމާ" އަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްްމް އަކީ ފިލްމު "ލީނާ" އާއި "އަނދިރިކަން" އަދި "ވީބޭވަފާ" ފަދަ ފިލްމުތަކުގެ ސްކްރީން ޕްލޭ ލިޔެދީފައިވާ މަޝްހޫރު ސްކްރީން ރައިޓަރު އަހުމަދު ޒަރީޒު ފުރަތަމަ ޑައިރެކްޝަންވެސް މެއެވެ.

ފިލްމުގެ ކާސްޓްގައި އަޝްފާގެ އިތުރުން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަރަމުން އަންނަ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އަދިް އާދަމް ޒިދާން (ނާނަ) ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *