އައިޝްވަރްޔާ އަށް އިތުރު ތަމަޅަ ފިލްމްއެއް

އައިޝްވަރްޔާ އަށް އިތުރު ތަމަޅަ ފިލްމްއެއް

ގުޅުންހުރި

ބޮލީވުޑްގެ ރީތި ބަތަލާ އައިޝްވަރްޔާ ރާއީ އަނެއްކައިވެސް ތަމަޅަ ފިލްްމް އަކަށް ސޮއިކޮށްފައިވާ ކަމަށް ހަބަރުތަށް ބުނެފިއެވެ.

އައިޝްވަރްޔާގެ އެންމެ ފަހުގެ ފިލްމ" ޕޮނިޔިން ސެލްވަން" މިދިއަ އަހަރު ރިލީޒް ކޮށްފައިވާއިއރުގައި އެ ފިލްްމް އަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމްއެކެވެ. ސައުތުގެ މި ފިލްމްގައި އައިޝްވަރްޔާގެ އިތުރުން ފެނިގެން ގޮސްފައި ވެސް ވަނީ ސައުތުގެ ސްޓާރުންނެވެ.

"ޕީއެސް 1″  ކާމިޔާބީ އާއި އެކުގައި އޭގެ ދެވަނަ ފިލްމް "ޕީއެސް 2″ މިހާރު އޮތީ މި އަހަރުގެ އެޕްރީލް 28 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފަ އެވެ. އަދި ފިލްމް އިން ކުރީގެ ކާސްޓާއި އެކުގައި ގެނެސްދޭ އިރުގައި އެ ފިލްްމްގައި އައިޝްރަވްޔާ ކުޅެފައި ވަނީ ޑަބަލް ރޯލެކެވެ.

ސަން ނިއުސް އިން ބުނި ގޮތުގައި މި ފިލްމަކީ މަޝްހޫރު ތަމަޅަ އެކްޓަރު އަޖިތު ކުމާރު ލީދުރޯލުން ފެނިގެންދާ ކޮމެޑީ ތުރިލާއެއް ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ ވިގްނޭޝް ޝިވަން ކަމަށެވެ. ވިގްނޭޝް އަކީ މަޝްހޫރު ބަތަލާ ނަޔަންތާރާގެ ފިރިމީހާއެވެ. ނަަޔަންތަރާ އަންނަނީ ބޮލީވުޑްއަށް ތައާރަފްވުމަށް ތައްޔާރު ވަމުންނެވެ. އޭނާ ބޮލީވުޑްއަށް ތައާރަފްވަނީ ޝާޙުރުކް ހާންގެ ކުރި އަށް އޮތް ފިލްމް "ޖަވާން" އިންނެވެ.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

ހަބަރުތަށް ބުނާގޮތުގައި މި ފިލްމުގެ ސްޓޯރީ ލައިން ނެރޭޓްކޮށް ދިނުމާ އެކީ އޭނަ އަށް ހުށަހެޅި ކެރެކްޓާ ކަމުދިޔަލެއް ބޮޑުކަމުން އެއަށް ވަނީ ރުހުން ދީފަ އެވެ. ނަމަވެސް އަދި ރަސްމީކޮށް މިކަން އިއުލާނެއް ނުކުރެއެވެ. ނަމަވެސް ވަރަށް އަވަހަށް މި ފިލްމް އިއުލާން ކުރާނެ ކަމަށް ވެއެވެ.

މި ފިލްމް އަކީ ވަރަށް ބޮޑު ބަޖެޓަކުން ހަދަން ނިންމައިފައިވާ ފިލްމްއެކެވެ. އަދި ފިލްްމ ވަރަށް ގްރޭންޑްކޮށް ގެނައުމަށް ފިލްމްގެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވެއެވެ.

ބޮލީވުޑްގެ ގިނަ ފިލްްމ ތަކެއް ފްލޮޕްވަމުން އަންނަ އިރުގައި ސައުތުގެ ފިލްމް ތަކަށް ލިބޭ ތަރުހީބު އަންނަނީ ބޮޑުވަމުންނެވެ. މިދިއަ އަހަރު ނެރުން އޭ ލިސްޓްގެ ތަރިންގެ ހުރިހާ ފިލްމް އެއް ހެން ވަނި ފްލޮޕްވެފައިއެވެ. ނަމަވެސް އެއާއި ހިލާފަށް ސައުތުގެ ގިނަ ފިލްމްތަށް އަންނަނީ ކާމިޔާބު ވަމުންނެވެ. އައިޝްވާރިއާ އެކްޓިން އަށް ނުކުތީ ވެސް ތަމަޅަ ފިލްމަކުންނެވެ. އެއީ "ޕީއެސް" ގެ ޑައިރެކްޓަރު މަނީ ރަތުނަމްގެ 1997 ގެ "އިރުވަރު" އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ