ނޭހާ މި އިންތިޒާރު ކުރަނީ ކޮންކަމަކާ ކަން އެނގޭތަ؟

ނޭހާ މި އިންތިޒާރު ކުރަނީ ކޮންކަމަކާ ކަން އެނގޭތަ؟

Author
ފާތިމަތު ނާވީ
25 ނޮވެމްބަރ 2020 09:08
0

“ބިގް ބޮސް 13” އިން ވިދައިލި ޖޯޑު ސިދާތު ޝުކްލާ އާއި ޝެހެނާޒް ގިލްގެ ކުރިއަށް އޮތް ވީޑިއޯ ލަވަ މިއަދު ރިލީޒް ކުރާނެއެވެ. މި ދެތަރިންގެ ފޭނުން ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުަމުން ދަނީ މި ލަވަ ބަލާލުމަށެވެ.

ހަމަ މިއާއި އެކު ލަވަ ކިއުންތެރިޔާ ނޭހާ ކައްކަރުވެސް މި އިންތިޒާރު ކުރަމުންދަނީ ލަވަ ރިލީޒް ކުރާނެ ވަގުތަކަށެވެ. ނޭހާ ވަނީ މިކަން ހާމަ ކޮށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން ދާކަމަށް އިންސްޓަގްރާމްގައި ޕޯސްޓްއެއްވެސް ކޮށްފައިއެވެ.

"ޝޯނާ ޝޯނާ" މި ލަވަ އަކީ އިންޑިއާގެ މިހާރުގެ އެންމެ މަގުބޫލު އަންހެން ލަވަކިއުން ތެރިންގެ ގެ ތެރޭގައި ހިމެނޭ ނޭހާ ކައްކަރު އާއި އޭނާ ގެ ބޭބެ ޓޯނީ ކައްކަރު ކިޔާފައިވާ ލަވައެކެވެ.

ނޭހާ ކައްކަރުވަނީ މިދިއަ މަހުގެ 24 ވަނަ ދުވަހު ރޯހަން ޕްރީތާއި ކައިވެނި ކޮށްފައިއެވެ. ރޯހަން ޕްރީތަކީ ވެސް ލަވަ ކިއުން ތެރިއެކެވެ. ނޭހާ ވަނީ ކައިވެންޏަށް އެއް މަސް ފުރުމުގެ އުފަލުގައި ވެސް އިންސްޓަގްރާމް އަށް ވީޑިއޯއެއް ދޫކޮށްލާފައިއެވެ.

ނޭހާ ކައްކަރު ގެ މަޝްހޫރު ލަވަ ތަކުގެ ތެރޭގައި ކަވަރ ސޯންގް "ދިލްބަރް" އާއި "ސާކީ ސާކީ"ގެ އިތުރުން ސްޓްރީޓް ޑާންސާ ތްރީޑީގެ " ގަރްމީ" ފާހަގަ ކޮށްލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.