ރިިތިކް ގެ ކުރީގެ އަންހެނުން ކައިވެނި ކުރަނީ

ރިިތިކް ގެ ކުރީގެ އަންހެނުން ކައިވެނި ކުރަނީ

Author
ފާތިމަތު ނާވީ
19 ޖެނުއަރީ 2023 07:53
0

14 އަހަރުގެ ދިގު މުއްދަތަކަށް ކައިވެނި ކޮށްގެން އުޅުމަށް ފަހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއި އަންހެނުން ސުޒާން ހާން ވަކިވީ 2014 ވަނަ އަހަރުގައިއެވެ.

އެދެމީހުން ނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައިއެވެ. ކައިވެނި ނިމުމަކަށް އައި ކަމުގައިވިޔަސް ދެމީހުންވެސް ދަރިންގެ ކަންކަމުގައި އަބަދުވެސް އެކުގައި ފެނިގެންދެއެވެ.

ކައިވެނި ރޫޅޫނު ފަހުން މިހާރު ދެމީހުންވެސް ވަނި އެމީހުންގެ ދިރިއުޅުމާއިގެ މޫވްއޮން ކޮށްފައިއެވެ. އެގޮތުން މިހާރު އެމީހުންގެ ހަޔާތަށް ވަނީ އައު ބައިވެރިން އައިސްފައިއެވެ. އެގޮތުން ރިތިކް މިހާރު ރައްޓެހިވެގެން އުޅެނީ މާ މަޝްހޫރު ނޫން ބަތަލާއެއް ކަމުގައިވާ ސަބާ އާޒާދް އާއި. ދޭތެރެ އަކުން އެމީހުން ކައިވެނި ކުރަނ ްއުޅޭ ކަމުގައި އަޑުތަށްވެސް ގަދަވެއެވެ.

 

View this post on Instagram

 

A post shared by Sussanne Khan (@suzkr)

އަނެއްކޮޅުން ސުޒާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މާ މަޝްހޫރު ނޫން މީހެއް ކަމުގައިވާ އަރްސަލާން ގޯނީއާއިއެވެ. އަދި އެމީހުންގެ ގުޅުން މިހާރު ވަރަށް ސީރިއަށް ކަމަށާއި މިއަަހަރުގެ ތެރޭގައި ކައިވެނި ކުރާނެ ކަމަށް ހަބަރުތަށް އަންނަނީ ބުނަމުންނެވެ.

އަރްސަލާން އާއި ސުޒާން ބައްދަލުވެފައިވަނީ ގާތް ތަހުމަތެރިއެއްގެ ޕާޓީގެ ތެރެއިންނެވެ. އެދެމީހުން ބައްދަލުވުމަށްފަހު އެމީހުން އެކަކު އަނެއްކަކުދެކެ ލޯބިވެވި މިހާރު ތިބި ދުރު ނުވެވޭ ވަރުވެފައި ކަމަށްވެއެވެ.

ބައެއް ރިޕޯޓްތަށް ބުނާގޮތުގައި ސުޒާން އާއި ރިތިކް ވަކިވުމުގެ ކުރިންވެސް ސުޒާން އައީ އަރްސަލާން އާއި ވާހަކަ ދައްކަމުންނެވެ. އަދި އެމީހުންގެ ގުޅުން ވަރަށް ބޮޑަށް އެކަމުގެ ސަބަބުން ހީނަރުވި ކަމަށްވެސް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

ސުޒާން އާއި ރިތިކް އަކި ކުޑަިއރުގެ ދެ އެކުވެރިންނެވެ. ތަންދޮރު އޮޅުން ފިލާ އިރުންސުރެ އެދެމީހުން އުޅުނި ރައްޓެހި ވެގެންނެވެ. އެއީ ކުޑައިރުގެ ލޯބި ކަމަށްވެއެވެ. ނަމަވެސް 2000 ވަނަ އަހަރު މިދެމިހުން ކުރި ކައިވެނި 2014 ވަނަ އަހަރުގައި ރޫޅުނު އިރުގައި ދެކުދިންވެސް ތިބެއެއެވެ. ދެމީޙުންވެސް މިހާރު ބުނަމުން އަންނަނީ މިހާރު ވޭތުކުރަމުން އަންނަނީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސުޒާން
ރިތިކު ތަނަކުން ފެންނަހާ މީހަކާ ހިތާވެގެން އުޅުނީ. އެންމެފަހުން އަނގަބޮޑު ކަންގަނާޔާ ހިތާވީ. އޭނަ ބަހައްޓާ 20 އަހަރުގެ ކުދިން ފަހަތުން ދުވަން. އެމީހުުން ނީންނާނެ އޭނަޔަކާ. އިނގޭނެ އެ ވާނީ އެޔަަށްކަން. މަމިއުޅެނީ ރީތި ޒުވާންކުއްޖަކަށް ފިރި އަޕްގްރޭޑް ކޮއްލަން.