ނަޝީދުގެ ސަޕޯޓަރުން ފައްޔާޒުގެ އާއިލާއާއި ދިމާ ނުކުރުމަށް އިލްތިމާސް ކޮށްފި

ނަޝީދުގެ ސަޕޯޓަރުން ފައްޔާޒުގެ އާއިލާއާއި ދިމާ ނުކުރުމަށް އިލްތިމާސް ކޮށްފި

Author
ހުސެއިން
14 ޖެނުއަރީ 2023 09:19
0

ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިއާއެކު ކުރިޔަށް ދާއިރު، ޕްރައިމަރީގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ފައްޔާޒުގެ އާއިލާއަށް ފުރައްސާރަ ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އަދި ސިޔާސީ ވާދަވެރިކަމުގައި ފައްޔާޒުގެ އާއިލާއަށް ފުރައްސާރު ކުރުން ބަލައި ނުގަނެވޭކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވެފައިވަނީ މީޑިއާގައިވެސް އަދި އެހެން ތަނެއްގައިވެސް އޭނާއާއި ދިމާ ކުރެވިދާނެކަމަށާއި، އެހެންނަމަވެސް ސިޔާސީ ޚިޔާލު ތަފާތުވުންތަކާހެދި، މަގުމަތިން އަނބި ދަރިންނާއި ދިމާކުރުން ބަލައި ނުގަނެވޭ ކަމަށެވެ. އަދި ފައްޔާރު ވަނީ ސަޕޯޓަރުން އޭނާގެ އާއިލާއާއި ދިމާ ނުކުރުމަށް ކެމްޕޭން ޓީމަށް އިލްތިމާސް ކުރެއްވީތީ ނަޝީދަށް ޝުކުރު ދަންނަވާކަމަށްވެސް ވިދާޅުވެފައެވެ.

ފައްޔާޒުގެ އާއިލާއަށް ނަޝީދުގެ ސަޕޯޓަރުން ދިމާކޮށްފައިވާ މައްސަލައެއް ފެންމަތި ވެފައިވަނިކޮށް، ބައެއް ވަޓްސްއަޕް ގުރޫޕްތަކަށް ރޭ ނަޝީދު ކުރެއްވި މެސެޖެއްގައިވަނީ ފައްޔާޒާއި ފައްޔާޒުގެ އާއިލާއާއި ދިމާނުކުރުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވުން އުފެދި އެޕާޓީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައިވާއިރު، ނަޝީދު ފެކްޝަނަށް ތާއީދުކުރާ ފަރާތްތަކުގް ފާޑު ކިއުން އެންމެ ބޮޑަށް އަމާޒު ވެފައިވާ އެއް ފަރާތަކީ، ދާދިފަހުން ބޭއްވުނު ޗެއަރޕާސަން އިންތިޚާބުވެސް ކާމިޔާބު ކުރެއްވި، އިކޮނޮމިކް މިނިސްޓަރު ފައްޔާރު އިސްމާއިލްއެވެ.

އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަތީ ތަކުރާރުކޮށް، ސާބިތު ނުހިފޭ ގިނަ ތުހުމަތުތަކެއް ފައްޔާޒަށް ކުރައްވާފައެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި ނަޝީދުގެ ސަޕޯޓަރުން ވަނީ، މިހާރު އޮތް ޕްރައިމަރީގެ ވާދަވެރިކަމުގައި، ސޯޝަލް މީޑިއާގައި އަދި މަގުމަތިންވެސް ފައްޔާޒާއި ފައްޔާޒު އާއިލާއަށް ފުރައްސާރަ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.