މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ކޯސްޓް ގާޑުން ހަރަކާތްތެރިވަނީ

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ކޯސްޓް ގާޑުން ހަރަކާތްތެރިވަނީ

Author
މުޙައްމަދު ޝަޒައިމް
24 ނޮވެމްބަރ 2020 02:42
0

ޒުވާން މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިހާދިސާގައި އަނިޔާވެފައިވަނީ މ.ކޮޅުފުށި ދެކުނުން 11 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމުގައި އުޅުނު "އަލިރާސްތާ1″ ދޯނީގައި ހުރި 26 އަހަރުގެ ދިވެހި ޒުވާނަކަށް ކަމަށެވެ.

އޭނާގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާއަށް، މ.އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑް ސެންޓްރަލް އޭރިޔާ ކޯސްޓް ގާޑުން ކުރަމުންދާކަަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.