"ޝެހެޒާދާ" އިން ކާތިކް ޕްރޮޑިއުސަރަކަށް

"ޝެހެޒާދާ" އިން ކާތިކް ޕްރޮޑިއުސަރަކަށް

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޒުވާން އެކްތަރު ކާތިކް އާރިޔާން އޭނާ ގެ ކުރިއަށް އޮތް ފިލްމް "ޝެހެޒާދާ" އިން ޕްރޮޑިއުސަރަކަށް ވެއްޖެކަމަށް ރިޕޯޓްތަށް ބުނަން ފަށައިފިއެވެ.

ފިލްމް "ޝެހެޒާދާ" ގެ ކޯ ޕްރޮޑިއުސަރެއްގެ ގޮތުގައި ކާތިކް ހިއްސާވާކަމަށާއި އެއާއި އެކުގައި ޒުވާން އެކްޓަރު ޕްރޮޑިއުސަރަކަށް ވާނެ ކަމަށްވެއެވެ. ނަމަވެސް އަދި މިކަން ކަށަވރު ކޮށްދީފައިއެއް ނުވެއެވެ.

އަންނަ މަހުގެ 10 ގައި ރިލީޒްކުރާ އޭނަގެ ފިލްމު "ޝެހެޒާދާ" ގައި ކާތިކް އާއި އެކުގައި ފެނިގެންދާނީ ކްރިތީ ސެނޮންއެވެ. މި ދެތަރިން މީހެ ކުރިން ވެސް ވަނި އެކުގައި މަސައްކަތް ކޯށްފައިއެވެ.

މި ފިލްމް އަކީ ސައުތުގެ ސްޕްހިޓު ފިލްމް "އާލަ ވައިކުންތަޕުއްރަމުލޫ" ގެ ހިންދީ ރިމޭކެވެ. އެ ފިލްމްއިން ފެނިގެންދިއައީ ސައުތުގެ މަޝްހޫރު  އެކްޓަރު/ޕްރޮޑިއުސަރު އައްލޫ އަރުޖުން އިތުރުން ޕޫޖާ ހޭގްޅޭއެވެ.

ބުޝަން ކުމާރު، އައްލޫ އަރުވިންދު އަދި އަމަން ގިލް ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ކާރްތިކް ހަމަޖެއްސުމުން، އެ ފިލްމު ކުޅެން ކާރްތިކް ފީއެއް ނުނަގާނެ އެވެ.

"ޝެހެޒާދާ" ގެ ޑައިރެކްޓަރަކީ އެކްޓަރު ވަރޫން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ. މިއި އޭނަގެ ތިން ވަނަ ޑައިރެކްޝަނެވެ. ގެ ކާސްޓްގައި ކްރިތީ ސެނަން، މަނީޝާ ކޮއިރަލާ، ޕަރޭޝް ރާވަލް އަދި ރޯނިތު ރޯއި ހިމެނެ އެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ކާތިކް އަކީ މިދިއަ އަހަރު އެންމެ ކާމިޔާބު އެއް އެކތަރެވެ. މިދިއަ އަހަރު ރިލިޒް ކުރި އޭނާގެ ފެ ފިލްމްވެސް ވަނީ ސުޕް ހިޓުވެފައިއެވެ. އެގޮތުން އަހަރު ފެށިގެން ދިއައީ އޭނާގެ ކާމިޔާބު ފިލްމް "ބޫލް ބުލައްޔާ 2″ ގެ ކާމިޔާބީ އާއި އެކުގައިއެވެ. އެފިލްމްގައި ކާތިކް އާއި އެކުގަައި ފެނިގެން ގޮސްފައިވަނީ ކިއާރާ އަދުވާނީ އާއި ތަބޫއެވެ. ދެން ފެނިގެން ދިއައީ އަލާޔާ އެފް އާއި އެކުގައި ކާމިޔާބު ފިލްމް  "ފްރެޑީ" އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *