ރާއްޖޭގައި މިދުވަސްވަރު ލޮލު ރޯގާ ފެތުރުން އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ބުނީ ލޮލު ރޯގާ ޖެހިގެން ރިޕޯޓްކުރާ މިންވަރު މިދުވަސްވަރު އިތުރުވެފައިވާކަމަށެވެ. އެހެންކަމުން ބަލީގެ ޢަލާމާތްތައް ދެނެގަނެ ދުރާލާ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ލޮލުރޯގާ ފެތުރޭ މިންވަރު ދަނީ އިތުރުވަމުން، ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު. pic.twitter.com/4prYsor1dr
— Health Protection Agency (@HPA_MV) January 10, 2023
ލޮލު ރޯގާ އަލީ ތަފާތު ވައްތަރުގެ ވައިރަސް އަދ ބެކްޓީރިއާގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. މި ބަލީގެ ޢަލާމާތްތަކުގެ ތެރޭގައިި ލޯ ހިރުވުމާއި، ލޯ ރަތްވުމާއި، ލޮލުން ފެން އައުމާއި ލޮލުގައި މަޑުލުންފަދަ އަލާމާތްތައް ހިމެނެއެވެ. އަދި ބަލީގެ ޢަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްމާސްކުރެއެވެ.
ލޮލު ރޯގާއިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި، ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުމާއި، ލޮލުގައި އަތް ނުލުމާއި، ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން ހިމެނެއެވެ.
ލޮލުރޯގާ އަލީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވާތީ، ބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ބޭރަށް ނުނިކުތުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ކޮމެންޓު ފޮނުވާ