ބޮލީވުޑް އާއި ސައުތުގެ ފިލްމް އިންޑަސްޓްރީގައިވެސް މަޝްހޫރު ތަރިއެއް ކަމުގައިވާ ރަކުލް ޕްރީތް ސިންގް ގެ ކުރިއަށް އޮތް ފިލްމް "ޗަތުރީވާލީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމް ސިނަމާގައި އެޅުވުމުގެ ބަދަލުގައި ރިލިޒް ކުރުމަށް ހަމަޖެހިފައި އޮތީ އޯޓީޓީ ޕްލެޓްފޯމް ގައިއެވެ. މި މަހުގެ 20 ގައި ޒީ5 އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމު ގެ ކާސްޓުގައި ރަކުލްގެ އިތުރުން ސުމީތު ވިއާސް، ސަތިޝް ކޯޝިކް، ޑޮލީ އަހްލުވާލިއާ އަދި ރާޖޭޝް ތައިލަންގް ވެސް ހިމެނެ އެވެ.
މި ފިލްމަކީ އާންމުކޮށް ވާހަކަ ވާހަކަ ނުދެކެވޭ އަދި އެ ވާހަކައެއް ދައްކަން ވެސް ގިނަ ބަޔަކު ލަދުވެތިވާ ޖިންސީ ވާހަކަ އާއި ރައްކާތެރި ގޮތުގައި ޖިންސީ އުފާ ހޯދަން ހޭލުންތެރިކަން އުފައްދައި ދިނުމުގެ މުހިއްމުކަން ދައްކުވައިދޭނެ ފިލްމެކެވެ.
މި ފިލްމް ގައި ރަކުލް ފެނިގެންދާނީ ބައޮލޮޖީ ޓީޗަރެއްގެ ގޮތުގައިއެވެ. މި ފިލްމް އިން ސެކްސް އެޑިއުކޭޝަން އަކީ ކޮބައިކަމާއި އަދި އެކަމާއި ގުޅިގެން ނުދައްކާ ވާހަކަ ތަކުގެ މައްޗައް އަލި އަޅުވާލާނެވެ.
ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ތޭޖާސް ޑިއޯސްކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.