"ހިނދުކޮޅެއް" ގެ ޓްރެއިލާ ދައްކާލައިފި

"ހިނދުކޮޅެއް" ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
10 ޖެނުއަރީ 2023 03:12
0

ޝަރަފް ޢަބްދުﷲ އަދި އާމިނަތު ރަޝްފާ (އާޝާ) ލީޑުން ފެނިގެންދާ ފިލްްމް "ހިނދުކޮޅެއް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ދެވަނަ ފިލްމުގެ ޓްރެއިލާ މިއަދު ދައްކައިލައިފައިވާ އިރުގައި މި ފިލްމް އަކީ ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމް އެކެވެ. މީގެ ކުރިން ވަނީ މި ފިލްމްގެ މޯޝަން ޕޯސްޓަރެއްވެސް ދައައިލައިފައިއެވެ.

ޢާއިޝަތު ފުއާދު އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކުރާ ލޯބީގެ ފިލްމު "ހިނދުކޮޅެއް" މިއީ އަޙްމަދު ޠަލާލް ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ޗިއްޕެ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2019 ގެ ކޮމެޑީ ފިލްމު "މާމުއި" އެވެ.

މީޑިއާ ނެޓްގެ ވީޑިއޯ ކްލަބަށް ގެންނަން ނިންމާފައިވާ ފިލްމުގެ ކާސްޓްގައި މަޝްހޫރު ތަރިން ކަމަށްވާ ރަވީ ފާރޫގާއި މަރިޔަމް މަޖުދާ ވެސް ހިމެނެ އެވެ.

ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 6 ގައި އަޅުވަން ހަމަޖެހިފައިވާ "ބީވީމާ" އެވެ. މިއީ އަހުމަދު ޒަރީރު ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.