"ތޭޒާބް" ގެ ރިމޭކް އަށް ޖާންވީ އާއި ރަންވީރު

"ތޭޒާބް" ގެ ރިމޭކް އަށް ޖާންވީ އާއި ރަންވީރު

Author
ފާތިމަތު ނާވީ
10 ޖެނުއަރީ 2023 09:05
0

މީގެ 35 އަހަރު ކުރިން ރިލީޒްކުރި އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓްގެ ކާމިޔާބު ފިލްމް "ތޭޒާބް" ރިމޭކަށް ރަންވީރު ސިންގް އާއި ޖާންވީ ކަޕޫރް ގެންނަން ނިންމާފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މީގެ ކުރިން އަޑުައރާފައިވާ ގޮތުގައި މި ފިލްމް ގެ ލީޑުން ފެނިގެންދާނީ ޒުވާން އެކްޓަރު ކާތިކް އާރިޔާން އާއި ޝްރައްދާ ކަޕޫރުއެވެ. ބޮލީވުޑްގެ ޚަަބަރުތައް ގެނެސްދޭ މީޑިއާތަކުން މިހާރު ބުނަމުން އަންނަނީ "ތޭޒާބް"ގެ ރިމޭކް ރަންވީރާއި ޖާންވީ އަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި ދެތަރިންގެ އެއްވެސް ޖަވާބެއް އަދި ލިބިފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

މި ފިލްމްގެ ރައިޓްސް ހޯދާފައިވާ ޕްރޮޑިއުސަރު މުރާދު ކެތާނީ ގެ ފަރާތުންވެސް އަދި ފިލްމް ގެ ލީޑުން ފެނިގެންދާނެ ތަރިންނާކީ ކޮބައިކަން ހާމައެއް ނުކުރެއެވެ. ނަމަވެސް ކަށަވަރު ވާކަމަކީ މި ޒަމާނަށް ފައްތައިގެން އައު ތަރިންނާއި އެކުގައި މި ފިލްމްގެ ރިމޭކެއް ގެނެސްދޭނެ ކަމެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

"ތޭޒާބް" އަކީ މަދޫރީގެ މަގުބޫލު ކަން ވަރަށް ބޮޑުވެގެން ދިއަ ފިލްމްއެވެ. ހާއްސަކޮން މި ފިލްމްގެ "އޭކް ދޯ ތީން" ލަވަ އަކީ މިއަދުވެސް ގިނަބައެއްގެ މެދުގައި މަގުބޫލު ލަވައެކެވެ. އަދި މިލަވައިގެ ނެށުން ތަކަކީ މިހާރުވެސް މަޝްހޫރު ނެށުންތަކެކެވެ.

"ތޭޒާބް" އަކީ އެން ޗަންދުރާ ލިޔެ، ޑައިރެކްޓްކުރި އެކްޝަން ރޮމޭންސް ފިލްމެކެވެ. މި ފިލްމް އަކީ ލީޑުން ފެނިގެންދިއަ އަނިލް އަދި މަދޫރީގެ ޖޯޑު ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގެން ފިލްމްއެކެވެ. މި ފިލްމުގެ ކާސްޓްގައި ޗަންކީ ޕާންޑޭ އާއި އަނޫޕަމް ކޭރާއި ކިރަން ކުމާރާއި ސުރޭޝް އޮބެރޯއީ އާއި އައްނޫ ކަޕޫރް އަދި ޖޯނީ ލީވާ ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.