އުރްފީ ޖާވެދް މަޝްހޫރު ވެފައިވަނީ އޭނާ ލައިއުޅޭ ނިވާކަން ކުޑަ ހެދުން ތަކުގެ ސަބަބުންނެވެ. ވަރަށް ބޮޑަށް ހާމަކޮށް ހުންނަ ނުފޮރުވޭ ހެދުންތަކުގައި އަބަދުވެސް ފެންނަ އުރްފީ ވަނީ އޭގެ ސަބަބު ހާމަކޮށްފައިއެވެ.
އެގޮތުން އޭނާގެ އިންސްޓްގާރްމް ސްޓޯރީގައި އުރްފީ ވަނީ އެކަމުގެ ސަބަބު ހާމަކޮށް ވީޑީއޯ ކޮޅެއް ހިއްސާ ކޮށްފައިއެވެ. ފައިގައި ހުރި އެލާޖިކްގެ ވީޑީއޯ ގައި އޭނާ ބުނީ ނިވާކަން ކުޑަ ހެދުން އަޅަނީ އޭނާ އަކީ ހެދުމަށް އެލާޖިކްވާ މީހެއް ކަމަށެވެ.
އުރްފީ ބުނީ ވިންޓާގައި އަބަދުވެސް އޭނާ އަށް އެލާޖީ އާއި ކުރިމަތިވާ ކަމަށާއި، ނިވާވަރުގެ ހެދުން ލުމުން އެލާޖިކް އާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. ވޫލުން ހަދާފައިވާ ހަރުވާޅެއް ލުމުގެ ސަބަބުން މުޅި ދެފައި އެލާޖިކް ވެފައިވާ ކަމަށް ބުނެ އޭނާ ވަނީ ފައިގައި ހުރި ބިހިތަކެއް ދައްކައިފައިއެވެ.

ބިސްބޮސްގެ އޯޓީޓީ އިން އާންމުންނަށް އެނގިގެން ދިއަ އުރްފީ އަކީ ބައެއް ސިލްސިލާ ޑްރާމާ ތަކުން ފެނިގެން ގޮސްފައިވާ އަދި މިހާތަނަށް އޭނާގެ އެކްޓިންގެ ކެރިއަރުގައި މާބޮޑު ކާމިޔާބެއް ހޯދައިފައިވާ މީހެއް ނޫނެވެ.
މީގެ ކުރިން އޭނާ ވަނީ "ޗަންދުރާ ނަންދިނީ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހެ" އަދި "ކަސޯޓީ ޒިންދަގީ ކޭ" ގައިވެސް ކުޑަ ރޯލަކުން ފެނިގެން ގޮސްފައިއެވެ.
ކޮމެންޓު ފޮނުވާ