ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯގެ ސަޕޯޓަރުން ގާނޫހަދާ މަޖީހާއި ސުޕްރިމް ކޯޓު ހިސޯރު ކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުލުހުން އާންމުން ދުރަށް ޖެއްސުމަށް ކަރުނަ ގޭހުގެ ބޭނުންކުރަމުން ދާއިރު، ބްރެޒިލްގެ ދިދަ ހިފައިގެން ތިބި ބޮލްސޮނާރޯގެ ސަޕޯޓަރުން މިހާރުވަނީ ރިޔާސީ ގަނޑުވަރު ވަށާލާފައެވެ.
ބްރެޒިލްގައި ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބު ކުރެއްވި ލުއިޒް އިނާސިއޯ ލޫލާ ޑަސިލްވާ އެގައުމުގެ ރައީސްކަމުގެ ހުވާ ކުރައްވާފައިވަނީ މި ޖެނުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ލޫލާ އެގައުމުގެ ރައީސްކަން ކުރައްވާ 3 ވަނަ ދައުރެވެ.
ރައީސް ބޮލްސޮނާރޯގެ މައްޗަށް، ފާއިތުވެދިޔަ އޮކްޓޯބަރުމަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ލޫލާ ކުރި ހޯއްދަވާފައިވަނީ ހަނި އަޢުލަބިއްޔަތަކުންނެވެ.
އިންތިޚާބުން ބަލިވި ބޮލްސޮނާރޯވަނީ، ލޫލާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަތުމަށްޓަކާ، އެމެރިކާއަށް ވަޑައިގެންފައެވެ. އޭނާ މިވަގުތުވެސް ހުންނެވީ އެމެރިކާގެ ފްލޮރިޑާގައެވެ.
އިންތިޚާބަށްފަހު ކުރީގެ ރައީސް ބޮލްސޮނާރޯގެ ސަޕޯޓަރުންވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް އަސްކަރިއްޔާއިން ފިޔަވަޅު އެޅުމަށް ގޮވާލާ، ލޫލާ އިސްތިއުފާ ދިނުމަށްވެސް އަޑުއުފުލަމުން އައިސްފައެވެ.
މިހާރު ސައު ޕައުލޯ ސްޓޭޓަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ލޫލާ ވިދާޅުވެފައިވަނީ ގާނޫހަދާ މަޖީހާއި ސުޕްރިމް ކޯޓު ހިސޯރުކުރި މީހުންނަކީ ހައްދުފަހަނަ އަޅާފައިވާ މީހުންކަމަށާއި، އެ އެމެންނަށް އަދަބު ދެއްވާނެ ކަމުގައެވެ.
ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯގެ ސަޕޯޓަރުން ގާނޫހަދާ މަޖީހާއި ސުޕްރިމް ކޯޓު ހިސޯރު ކުރުމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ވެރީން ގެންދަވަނީ މިކަން ކުށްވެރި ކުރަމުންނެވެ.
މިގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވެފައިވަނީ ބްރެޒިލްގެ ޑިމޮކްރަޓިކް މުވައްސަސާތަކަށް މިދިން ހަމަލާ ކުށްވެރި ކުރާކަމަށާއި، އެގައުމުގެ ރައީސް ލޫލާއަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގައެވެ.
I condemn the assault on democracy and on the peaceful transfer of power in Brazil. Brazil’s democratic institutions have our full support and the will of the Brazilian people must not be undermined. I look forward to continuing to work with @LulaOficial.
— President Biden (@POTUS) January 8, 2023
ބުރެޒިލްގެ އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ނަތީޖާ ދައްކާގޮތުން ރައީސް ބޮލްސޮނާރޯގެ މައްޗަށް ލޫލާ ފައިތުވި އިންތިޚާބުގައި ކާމިޔާބު ހޯއްދެވީ ވޯޓު ލީމީހުންގެ 50.8 އިންސައްތަ ހޯއްދަވައިގެންނެވެ. ބޮލްސޮނާރޯއަށް ކާމިޔާބު ކުރެއްވިފައިވަނީ 49.2 އިންސައްތަ ވޯޓެވެ.
ލޫލާވަނީ 2003 އިން 2010 އަށްވެސް ބްރެޒިލްގެ ރައީސްކަން ކުރައްވާފައެވެ.
ދެކެނޑިޑޭޓުންގެ ވަރަށް ވާދަވެެރި އިންތިޚާބެއްގެ ގޮތުގައި ކުރިޔަށްދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ލޫލާވަނީ ބޮލްސޮނާރޯގެ މައްޗަށް ކުރި ހޯއްދަވާފައެވެ.
ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާންޖެހުނީ ވެރިކަމުގައި އޭރު ހުންނެވި ރައީސް ޖައިރު ބޮލްސޮނާރޯއާއި ކުރިންވެސް ބްރެޒިލްގެ ރައީސްކަން ކުރެއްވި ލުއިޒް އިނާސިއޯ ލުލާއާއި، ދެ ބޭފުޅުންކުރެ އެއްވެސް ބޭފުޅަކަށް %50 އަށްވުރެ މަތިން ފުރަތަމަ ބުރުގައި ވޯޓު ނުހޯއްދެެވުމުންނެވެ. އިންތިޚާބުގައި، ބުރެޒިލްގެ ރައްޔިތުން ވޯޓު ލުމަށްޓަކާ ދިގު ސަފުތަކެއްގައި ގިނައިރު ތިބެން ޖެހުނުއިރު، އެ ގައުމުގެ އެތައް މިލިއަން ރައްޔިތުންވަނީ އިންތިޚާބުގައި ވޯޓު ލާފައެވެ.
ލޫލާ ދެވަނަ ފަހަރަށް (3 ވަނަ ދައުރަކަށް) ބްރެޒިލްގެ ރައީސްކަމުގެ ހުވާކުރެއްވިއިރު އެގައުމަށްވަނީ އިގްތިސާދީ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ކޯވިޑް19 އަށްފަހު ބްރެޒިލްގެ އެތައް މިލިއަން ރައްޔިތުން ފަގީރު ހާލުގައި އުޅެންޖެހިފައި ވާއިރު، އެގައުމުގައިވަނީ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ.
މަގާމުގެ ހުވާ ކުރެއްވުމަށް ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ލޫލާ ވިދާޅުވެފައިވަނީ، "އިނޖެހި ފަނާވެގޮސްފައިވާ" ބްރެޒިލް އޭނާ އަލުން އާރާސްތު ކޮށްދެއްވާނެ ކަމުގައެވެ. އިންތިޚާބުން ބަލިވި ބޮލްސޮނާރޯވަނީ، ލޫލާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަތުމަށްޓަކާ، ހުކުރު ދުވަހު އެމެރިކާއަށް ވަޑައިގެންފައެވެ.
އެންމެ ފަހުން ބްރެޒިލް ރައީސްކަން ކުރެއްވިތާ 12 އަހަރަށްފަހު ލޫލާ އެނބުރި ބްރެޒިލްގެ ރައީސްކަމަށް ވަޑައިގެންނެވި އިރު، ފާއިތުވެދިޔަ މުއްދަތުގައި ކޮރަޕްޝަންގެ ކުށް ސާބިތުވެ އޭނާވަނީ ޖަލަށްވެސް ލެވިފައެވެ. އެހެންނަމަވެސް އޭނާއަށް 2022 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ، އޭނާގެ މައްޗަށް ކުރި ހުމުން އެގައުމުގެ ސުޕްރިމް ކޯޓުން 2021 ވަނަ އަހަރު ބާތިލް ކުރުމާއި ގުޅިގެންނެވެ.
ދުނިޔޭގައި އޮތް 4 ވަނައަށް އެންމެ ބޮޑު ޑިމޮކްރަސީގައި ބޭއްވުނު މިއިންތިޚާބުގައި 11 ކެނޑިޑޭޓަކު ވާދަ ކޮށްފައިވާއިރު، އިންތިޚާބު ކުރިޔަށް ގޮސްފައިވަނީ \ ދެ ރައީސުންގެ ގަދަ ހިފުމެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ