ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Author
ޢަލީ އާދަމް
08 ޖެނުއަރީ 2023 12:09
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 11.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މި އޮޕަރެޝަން ހިންގާފައިވަނީ އިއްޔެކަމަށް ފުލުުން ވިދާޅުވެއެވެ.

މިއޮޕަރޭޝަންގެ މަޢުލޫމާތު ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ ޙަމީދު)އެވެ. މީގެ ކުޑަ އިރުކޮޅެއްކުރިން ކުރެއްވި ޓްވިޓެއްގައި ސީޕީ ހަމީދު ވިދާޅުވީ އިއްޔެ ހިންގި އޮޕަރެޝަނުގައި މާލޭގެ ހަތަރު 4 ތަނަކާއި ހުޅުމާލޭގެ ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާނެކަމަށެވެ. މި އޮޕަރޭޝަނެއްގައި ޖުމްލަ 11.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ސީފީ ހަމީދުވިދާޅުވިއެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ މައްސާގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިމައްސަލަ މިހާރު ފުލުހުން ތަޙްޤީޤުކުރަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އިއްގެ އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސީޕީ ހާމަކުރެއްވި މަޢުލޫމާތު ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް މިމައްސަލައާ ގުޅޭގޮތުން ފުލުހުން ނުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.