ސުހާނާ އާއި އަގަސްތިއާ އުޅެނީ ރައްޓެހި ވެގެން

ސުހާނާ އާއި އަގަސްތިއާ އުޅެނީ ރައްޓެހި ވެގެން

ގުޅުންހުރި

ބޮލީވުޑްގައި ރަސްކަން ކުރަމުން އަންނަ އެކްޓަރު ޝާހުރުކް ހާންގެ ދޮށީ އަންހެން ދަރިފުޅު ސުހާނާ ހާން އާއި ބޮލީވުޑް ލެޖެންޑް އަމިތާބް ބަޗަންގެ ކާފަ ދަރިފުޅު އަގަސްތިއާ ނަންދާ އުޅޭނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ހަބަރުތަށް ބުނެފިއެވެ.

ބޮލީވުޑްގައި ނުފޫޒު ގަދަ ދެ ސްޕަސްޓާރެއްގެ އާއިލާ އަށް ނިސްބަތް ވާ މިދެމީހުން އަންނަނީ ބޮލީވުޑް އަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގިން ސްޓާ ކިޑުން ތަކެއް ބޮލީވުޑްއަށް ތައާރަފްވާ ފިލްމް  "ދި އާޗީސް" އިން މި ދެމީހުންވެސް ބޮލީވުޑްއަށް ތައާރަފް ވާނެއެވެ.

އެހެން ކަމުން ބެލެވޭ ގޮތުގައި މި ދެމީހުންގެ ލޯބީގެ ފެށުމަކީ މި ފިލްމްއެވެ. މިހާރު ފިލްމް ގެ ޝޫޓިންވެސް ނިންމައިފައިވާ މި ފިލްމް ރިލީޒް ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ކުރީކޮޅުގައިއެވެ.

މި ދެ ޒުވާނުން ނަކީ ސޯޝަލް މީޑީއާގައި ވަރަށް އެކްޓިވް ކުދިނިންނެވެ. އަދި އެކަކު އަނެއްކަކަށް އިންސްޓަގްރާމްގައި ކޮމެންޓް ކޮށް ހަދާވެސް މެއެވެ. އަދި މި ފަހުން ދެމީހުން އެކުގައި ބޭރުތެރެއިންވެސް އަންނަނީ ފެންނަމުންނެވެ. އެހެންކަމުން ކޯސްޓަރުންނަށްވުރެ ގާތް ގުޅުމެއް މިދެމެދުގައި އޮންނަ ކަމަށް ފާހަގަ ވާކަމަށް ގިން މީހުން ބުނެއެވެ.

މި ދެމީހުންގެ ގުޅުމަކީ ދެފަރާތުގެ އާއިލާ އިންވެސް ވަރަށް ރުހޭ ކަމެއް ކަމަށްވެއެވެ. އަދި މީޑިއާއަށް ލީކްވެފައިވާ ބައެއް ފޮޓޯތަކުން އާއިލާ އާއި އެކުގައި މިދެމީހުން ވަނީ ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Suhana Khan (@suhanakhan2)

ދެމީހުންވެސް ބޮލީވުޑްއަށް ތައާރަފްވާ ފިލްމް "ދި އާޗީސް" އަކީ ޑައިރެކްތަރު ޒޯޔާ އަހްތަރުގެ އެއްޗެކެވެ. މި ފިލްމް އިން ސުހާނާ އާއި އަގަސްތިއާގެ އިތުރުން ކުރީގެ ބަތަލާ ސްރީދޭވީ ހަގު ދަރިފުޅު ޖާންވީ ކަޕޫރް ވެސް ބޮލީވުޑްއަށް ތައާރަފް ވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ