ކޯލިޝަންގެ ވަޒީރުންނާއި، ވެރިން އެމްޑީޕީގެ އިންތިޚާބަށް ވަންނާތީ ރާއީގެ ކަންބޮޑުވުން!

ކޯލިޝަންގެ ވަޒީރުންނާއި، ވެރިން އެމްޑީޕީގެ އިންތިޚާބަށް ވަންނާތީ ރާއީގެ ކަންބޮޑުވުން!

މިމަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ވެރިންނާއި، ބައެއް މިނިސްޓަރުން އިންތިޚާބުގެ ތެރެއަށް ވަންނާތީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މެމްބަރު ރައީ އަކީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރާ މެމްބަރެކެވެ. މެމްބަރު ރާއީ މިފަދަ ކަންބޮޑުވުމެއް މި ފާޅު ކުރެއްވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ބައެއް ބޭފުޅުން ކުރައްވާ ޓުވީޓުތަކާއި ދައްކަވާ ވާހަތަކާއި ގުޅިގެންނެވެ.

ޚާއްސަކޮށް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން މިއިންތިޚާބާއި ދިމާކޮށް ކުރައްވާ ޓުވީ ޓުތަކާއިގުޅިގެން އެމްޑީޕީގެ ބައެއް އާންމު މެމްބަރުންވެސް ދަނި ނުރުހުން ފާޅު ކުރަމުންނެވެ. މެމްބަރު ރާއީ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް ކުރިއަށްދާއިރު ކޯލިޝަންގައި ތިއްބަވާ ބޭފުޅުން އިންތިޚާބުގެ ތެރެއަށްވަދެ ގޮތް ފާޑުކިޔައި ހަދަން ނުޖެހޭކަމަށެވެ.

ކޯލިޝަންގެ މިނިސްޓަރުންނާއި އަދި ބައިވެރިން MDP ގެ އެތެރޭގެ އިންތިޙާބާއި މެދު ކަންބޮޑުވެ ގޮތްބޮޑުވެ، ނިދި ނައިސްގެން އުޅެނީ ކީއްވެބާއެވެ؟ މީ MDP ގެ އެތެރޭގެ އިންތިޙާބެވެ. އެޕޮއިންޓް ކޮށްފައިވާ މަޤާމާއި އެކު ވާގޮތް ބަލަން މަޑުން ތިބޭށެވެ.

– މެމްބަރު ރާއީ ވިދާޅުވިއެވެ.

މެމްބަރު ރާއީއަކީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިވެސް މިނިސްޓަރ އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ މެމްބަރެކެވެ. ޚާއްސަކޮށް އިމްރާންގެ ސިޔާސަތާއި، އަދި ސަރުކާރުން ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާ ނުކުރެވޭތީ ރާއީ ވަނީ އެކި ފަހަރު މަތީން އިމްރާނަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ހދ.ނޭކުރެންދޫގައި މިސަރުކާރުން އަޅަން ވައުދުވެފައިވާ ޖަލުގެ މަސައްކަތް ނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން މެމްބަރު ރާއީ ވަނީ ތަކުރާރުކޮށް ފާޅު ކުރައްވާފައެވެ.

މަކުނުދޫ ދާއިރާގައި ސަރުކާރުން ވެފައިވާ އެންމެބޮޑު ވައުދު ނުފުއްދި އެކަމާއި ހަވާލުވެ ހުންނެވީ ހޯމް މިނިސްޓަރަށް ވާއިރު މިނިސްޓަރ ފެއިލްވެފައިވާކަމަށް ބުނެ ރާއީވަނީ އިމްރާންގެ އިސްތިއުފާއަށްވެސް މީގެ ކުރިން އެކި ފަހަރު މަތީން ގޮވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *