އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށްވުރެ މާރަނގަޅަށް އެމްޑީޕީއަށް ޤައުމުގެ ވެރިކަން ކޮށްދޭނެ ވެރިއެއް މިއަދު ލިބިފައިވާކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ހުންނެވި ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅީގައެވެ. ރައީސް ސޯލިހްގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ރޮޒޭނާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދޭތެރެ ދޭތެރެއިން ފާޑުވެސް ވިދާޅުވާ ބޭފުޅެކެވެ.
ކެމްޕެއިންގައި ރައީސް ޞާލިހުގެ ފަޅިން އެންމެ ބޮޑަށް ވަކާލާތު ކުރާ އެއްކަމަކީ ތަފާތު ކުރުމެއްނެތި ޚިދުމަތްދޭ ކަމުގެ ވާހަކައެވެ. ކުޑަރަށެއް ބޮޑުރަށެއް ބެލުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި އެނޫންކަންކަން ކޮށްދެއްވުމަކީ ރައީސް ޞާލިހުގެ އެންމެ ބޮޑު އިސާސަތުކަމަށް ރައީސް ޞާލިހަށް ތާއީދުކުރާ ގިނަ މެމްބަރުން ވިދާޅުވެފައެވެ.
މެމްބަރު ރޮޒައިނާ ވިދާޅުވީ ޒަމާނުއްސުރެ އެމްޑީޕީން ވަކާލާތު ކުރަމުން އަންނަނީ ކުޑަރަށާއި ބޮޑުރަށް ތަފަތު ކުރުމެއްނެތި ތާހިރު ދިރިއުޅުމެއް އުޅެވެންޖެހޭނެކަމަށް ކަމަށެވެ. ނަމަވެސް މިއަދު ރައީސް ނަޝީދުގެ އެ ވިސްނުން ތަފާތުކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2018ގެ ޕްރައިމަރީގައި ނަޝީދު ވާދަކުރެއްވިއިރު ގެންގުޅުއްވި ވިސްނުމާއި ފިކުރުވެސް މިހާރު ތަފާތުވެފައިވާކަމަށެވެ.
ރައީސް ނަޝީދުގެ ތިސިފަތަކުން ބައެއް އުނިވެއްޖެ. 2018 ގެ ރައީސް ނަޝީދު ޕްރައިމަރީގެ ހަގީގަތަކީ މިއަދުގެ ހަގީގަތެއް ނޫން. ރައީސް ނަޝީދަށް ވުރެއް ފުރިހަމައަށް އެމްޑީޕީއަށް ވެރިކަން ކޮށްދެއްވަމުންދާ ރައީސެއް މިއަދު އެބަހުރި. ރައީސް ނަޝީދުގެ ފިކުރުވެސް މިއަދު ބަދަލު ވެއްޖެ. ކުޑަރަށު މީހާއަށް އަޅާނުލާ ފިކުރު އަޅުގަނޑު ގަބޫލެއް ނުކުރަން! އައިސޭ ނޯޓު ރައީސް ނަޝީދު.
– ރޮޒޭނާ ވިދާޅުވިއެވެ.
RNge thisifathakun baeh univejje. 2018 RN primaryge hageegathaky miadhuge hageegathehnoon. RNah vurefurihamayah MDP ah verikan kondhemundha raeeseh miadhu ebahuri. RNge fikuruves miadhu badhaluvejje. Kudarashu meeha ah alhaanula fikuru alhugandu qabooleh nukuran! I say NO to RN! https://t.co/9srlGq0tuf
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) January 5, 2023
ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހްގެ މި ތަފާތު ނުކުރުމުގެ ނަތީޖާއެއްގެގޮތުން ކުޑަ ރަށުގެ ރައްޔިތުންގެ ހިތުގައި އެކަންކަން ހަރުލާފައި އެބަހުރި ކަމަށެވެ. އަދި މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީގައި ކުޑަ ރަށްތަކުގެ ރައްޔިތުންނާއ، ބޮޑެތި ރަށްތަކުގެ ރައްޔިތުންވެސް އެކަން ބަލައިގަނެފައިވާ މިންވަރު ހާމަވާނެކަމަށެވެ.
One Response
ރައީސްނަސީދުވައް1