"ސަރުކާރު 4″ ހަދަނީ

"ސަރުކާރު 4″ ހަދަނީ

Author
ފާތިމަތު ނާވީ
07 ޖެނުއަރީ 2023 03:55
0

ނުފޫޒު ގަދަ ސިޔާސީ ލީޑަރެއްގެ ރޯލުން އަމިތާބް ބައްޗަން ފެނިގެންދާ ސިލްސިލާ ފިލްމް "ސަރްކާރް" ގެ 4 ވަނަ ބައެއް ހަދާނެ ކަމަށް ބުނެފިއެވެ.

މިކަން ކަށަވަރު ކޮށްދެމުން ފިލްމްގެ ޕްރޮޑިއުސަރު އާނަންދު ޕަންޑިތު ބުނީ މި ފިލްމް ހަދަން މިހާރު ނިންމައިފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ ކަމަށެވެ. މީގެ އިތުރުންވެސ ްކުރީގެ ބައެއް ފިލްމް ތަށް އަލުން ހަދަން ވިސްނާކަމަށް އޭނާ ވަނީ ބުނެފައިއެވެ.

މި ފިލްމް އާއި ބެހޭ ގޮތުން އިތުރު ތަފްސީލެއް ޕަންޑިތު ހާމަކޯށްފައިއެ ނުވެއެވެ. "ސަރުކާރު" ގެ ތިން ފިލްމު  ސްކްރިޕްޓް ލިޔެ އަދި ޑައިރެކްޓްކުރީ ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) އެވެ. މީފެ ފުރަތަމަ ބައި ގެނެސްދިނީ 2005 ގަ އެވެ. އަދި ދެވަނަ ބައި ގެނެސްދިނީ 2008 ގަ އެވެ. އޭގެ ފަހުން ތިން ވަނަ ބައި ރިލީޒްކުރީ 2017 ގަ އެވެ.

އަމީތާބްގެ އިތުރުން "ސަރްކާރް 3″ ގައި މަނޯޖް ބަޖްޕާއީ އާއި ޔާމީ ގޯތަމް އަދި ޖެކީ ޝްރޮފް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.