ތަރިންގެ ކޮނޑުގައި އެޅިފައިވަނީ ބޮޑު ބުރައެއް: ރިތިކް

ތަރިންގެ ކޮނޑުގައި އެޅިފައިވަނީ ބޮޑު ބުރައެއް: ރިތިކް

Author
ފާތިމަތު ނާވީ
06 ޖެނުއަރީ 2023 03:37
0

މަޝްހޫރު ތަރިއަކަށް ވުމަކީ ކޮޑުގައި އެޅޭ ބޮޑު ބުރައެއް ކަމަށާއި، ކަންކަމާ ވަރަށް ވިސްނައިގެން ނޫނީ ކުރިމަތި ނުލެވޭ ވަރުގެ ބޮޑޫ ޒިންމާއެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ބުނެފިއެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރިތިކް ބުނީ އެކްޓަރަކަށް ވުމަކީ ހިތްހަމަޖެހުން ލިއްބައިދޭ ކަމެއް ކަމަށާއި ނަމަވެސް ތަރި ވުމަކީ ބޮޑު ޒިންމާއެއް ކަމަށް އޭނާ ބުނެއެވެ. އެ ޒިންމާ އަދާ ކުރުން އެއީ ކޮނޑުގައި އެޅޭ ނުހަނު ބޮޑު ޒިންމާއެއް ކަަމަށް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

ކާމިޔާބު އެތަށް ފިލްމް ތަކެއް ކުޅެފައިވާ އެކްޓަރު ބުނީ  ތަރިއަކާއި މެދުގައި މީހުންގެ އުންމީދުތަށް ވަރަށް މަތި ކަމަށެވެ. އަދި އެ އުންމީދު ތަކަށް އިހުތިރާމް ކޮށް އެކަން ހާސިލް ކުރުމަށް ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

48 އަހަރުގެ އެކްޓަރު ބުނީ ކާމިޔާބު ފިލްމް ތަކެއް ކުލެވިފައިވާ ކަމަށާއި ނަމަވެސް ނުކަސްސަރު ގޮތަކަށް އެއްވެސް ކަމެއް ކުރެވިއްޖެ ނަމަ އެ ތަރިއެއްގެ މަގުބޫލުކަން ވަރަށް ބޮޑަށް ވެއްޓޭ ކަމަށެވެ. އެހެންކަމުން ސަޕޯތަރުންގެ ތަރިންނާއި މެދުގައި ކުރާ އުންމީދުތަށް ހާސިލް ކޯށްދެވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށެެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

އެންމެ ފަހުން ރިތިކް ފެނިގެން ގޮސްފައިވަނީ " ވިކްރަމް ވޭދާ" އިންނެވެ. މި ފިލްމްގައި ރިތިކް އާއި އެކުގައި ފެނިގެން ގޮސްފައިވަނީ ސައިފް އަލީ ހާންއެވެ. މި ފިލްމް އަކީ މާބޮޑު ކާމިޔާބެއް ބޮކްސް އޮފީހުގައި ހޯދުނު ފިލްމްއެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.