ރޫހީ އުމުރުން އެންމެ 15 އަހަރުގައި ގެއެއް ގަނެފި

ރޫހީ އުމުރުން އެންމެ 15 އަހަރުގައި ގެއެއް ގަނެފި

Author
ފާތިމަތު ނާވީ
05 ޖެނުއަރީ 2023 06:23
0

ސްޓާ ޕްލަސް އިން ގެނެސްދިން ކާމިޔާބު ސިލްސިލާ ޑްރާމާ 'ޔޭ ހޭ މޮހައްބަތޭން' ގައި 'ރޫހީ' ގެ ކެރެކްޓާ ކުޅުނު ރުހާނިކާ ދަވަން އުމުރުން 15 އަހަރުގައި މުމްބާއީ އިން އަމިއްލަ ގެޔެއް ގަނެފި އެވެ.

މިކަން ވަނީ އޭނާ އިންސްޓްގްރާމްގައި ހިއްސާ ކޮށްފައިއެވެ. މި ޕޯސްޓުގައި ރުހާނިކާ ބުނީ އަމިއްލަ ގެއެއް މުމްބައި އިން ގަތުމަކީ އެންމެ ކުޑައިރުން ސުރެވެސް ދެކެމުން ދިއަ ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ވުމުން އިންތިހާއަށް އުފާވާ ކަމަށެވެ.

ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ގިނަބަައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ރުހާނިކާ އެންމެ 15 އަހަރުގައި ގެއެއް ގަނެ ގިނަ ބަޔަކަށް މިވަނީ ނަމޫނާ ދައްކައިފައިއެވެ. ކޮންމެ ކަމަކިވެސް ގަދަ އަޅާ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަމެއްކަން އޭނާ ވަނީ ދައްކައިދީފައިއެވެ.

 

View this post on Instagram

 

A post shared by Ruhaanika Dhawan (@ruhaanikad)

ރުހާނިކާ ބުނީ އަދިވެސް ގިނަ ކަންތަށްތަކެއް ހާސިލް ކުރަން ބޭނުންވާ ކަމަށެވެ. އަދި އެކަންކަމަށް ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

އަދި ގެއެއް ގަތުމަށްވެސް ގިނަ ގުރުބާނީ ތަކެއް ވިކަމަށާއި އޭނާ ގެ މަންމަ ވަރަށް ބޮޑަށް އެ އަޒުމުގައި ހަރަދުތަށް ކުޑަކޮށް ހަރަދު ކުރުމުގަިއ ވަރަށް ބަލައިގެން ކުރިކަން އޭނާ ވަނީ ފާހަގަ ކޮށްފައިއެވެ. މަންމަ އަށް ތައުރީފް ކުރަމުން ރުހާނިކާ ބުނީ އޭނާގެ މަންމަ އަކީ އިގްތިސޯދު ކުރުމުގައި ނަމޫނާ އަކަށް ބަލަންވީ މީހެއް ކަމަށެވެ.

 

View this post on Instagram

 

A post shared by Ruhaanika Dhawan (@ruhaanikad)

ރުހާނިކާ އެންމެ ފުރަތަމަ ފެނުނީ 2012 ވަނަ އަހަރު ޓީވީ ޝޯ، 'މިސިޒް ކޯޝިކް ކީ ޕާންޗް ބަހޫއޭން' އިންނެވެ. އެކްތާ ކަޕޫރުގެ 'ޔޭ ހޭ މޮހައްބަތޭން' ގައި މަސައްކަަތް ކުރީ އޭގެ ފަހުންނެވެ. އޭނާ ވަނީ ސަލްމާން ޚާންގެ "ޖޭ ހޯ" އިން ވެސް ފެނިފައިއެވެ. އަދި ހަމަ އެއާއި އެކުގައި’ގާޔަލް ވަންސް އަގޭން' ފަދަ ފިލްމުތަކުން ފެނިފައިއެވެެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.