"ޕީއެސް 2″ އަށް ތާރީހެއް

"ޕީއެސް 2″ އަށް ތާރީހެއް

ގުޅުންހުރި

ބޮލީވުޑްގެ ރީތި ބަތަލާ އައިޝްވަރްޔާ ރާއީ ފެނިގެންދިއަ ފިލްމް ޕޮނިޔިން ސެލްވަން (ޕީއެސް) އަކީ މިދިއަ އަހަުސް ސެޕްޓެމްބަރުގައި ރިލީޒް ކޮށް، ބޮޑު ތަރުހީބެއް ލިބިގެންދިއަ ވަރަށް ކާމިޔާބު ފިލްމްއެކެވެ.

ފިލްމް އަށް ލިބުނު ކާމިޔާބީއާއި އެކުގައި ތާރީހީ އެކްޝަން އެޑްވެންޗާގެ ދެވަނަ ބައި އެއް ހަދަން ނިންމައި އެ ފިލްމް ސިނަމާތަކަށް ގެންނަ ދުވަސް ވަނީ އިއުލާން ކޮށްފައިއެވެ. ފިލްމް ސިނަމާތަކަށް އަންނަ އެޕްރިލް މަހުގެ 28 ވަނަ ދުވަހުގައި ގެނައުމަށް ވަނީ ތާވަލް ކޮށްފައިއެވެ.

https://www.facebook.com/watch/?ref=external&v=514324297432267

ކުޅަދާނަ ޑައިރެކްޓަރު މަނީ ރަތުމަން ގެ ފިލްމް އެޅުވުމަށް ތާވަލް ކޮށްފައި އޮތް ތާރީހަކީ ކަރަން ޖޯހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ވެސް ސިނަމާތަކަށް ގެންނަން އޮތް ތާރީހެވެ. މި ދެފިލްމް މުޑި އެރުމަކީ މިހާރުވެސް ހާލުގައި އޮތް ބޮލީވުޑްއަށް ބަލައި ގަނެވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން މި ދެފިލްމް އިން ކުރެ ކޮންމެވެސް އެއް ފިލްމްއެއް އަޅުވާ ތާރީހް ބަދަލުވުމަކީ އެކަށީގެން ވަކަމެކެވެ.

ތަމަޅަ ފިލްމެއްގެ ގޮތުގައި ގެނެސްދިން "ޕީއެސް 1″ އަކީ މި އަހަރުގެ އެންމެ ރަނގަޅު ވިޔަފާރިއެއް ކުރި އެއް ފިލްމެވެ. ގިނަ ބަސްތަކަކުން ގެނެސްދިން މި ފިލްމްގައި އައިޝްވާރްޔާ ފެނިފައި ވަނީ ޑަބަލް ރޯލަކުންނެވެ. ސައުތުގެ ކާސްޓްއަކާއި އެކުގައި ނެގެސްދިން ފިލްމް ގައި ވިކްރަމް، ޖަޔަރަމް ރަވީ، ޓްރިޝާ، ކާތީ، ޖަޔަރަމް، ޕްރަބޫ އަދި ޕްރަކާޝް ރާޖް ހިމެނެ އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ