އާމިރު ފިލްމް އަކަށް ސޮއި ކޮށްފި

އާމިރު ފިލްމް އަކަށް ސޮއި ކޮށްފި

ދުވަސް ގަނޑަކަށް ފަހު ބޮލީވުޑްގެ ސްޕްސްޓާރު އާމިރު ހާން ގެ ފިލްމްއެއް ބަލާލަން ލިބުނީ މި ނިމިދިއަ އަހަރުގެ ޑިސެމްބަރު މަހުގައިއެވެ. ނަމަވެސް އުންމީދު ކުރި ގޮތާއި ހިލާފަށް މި ފިލްމް ވެގެން ދިއައީ ބޮޑު ފްލޮޕްއަކަށެވެ.

އާމިރްގެ އެންމެ ފަހުގެ ފިލްމް "ލާލް ސިންގް ޗައްޑާ" އަކީ 4 އަހަރެއްހައި ދުވަހުގެ ބުރަ މަސައްކަތުން ވަރަށް ފުރިހަމަ އަށް ހުރިހާ ކަމަކަށް ބަލައިގެން އާމިރު އުފެއްދި ފިލްމްއެކެވެ. ކަރީނާ އާއީ އާމިރުގެ ޖޯޑު ލީޑުން ފެނިގެންދިއަ ފިލްމް ބަލާނެ މީހަކު ނުވެ ފްލޮޕް ބޯޑު އެޅުވުމުން އެކަމުގެ ހިތާމާއިގައި އާމިރު ވަނީ ދޮޅު އަހަރުގެ ޗުއްޓީއެއް ނެގިކަމަށް އިއުލާން ކޮށްފައިއެވެ.

ހިތް ހަލާކުވެފައިވާ އާމިރު ބުނީ އޭނާ ފިލްމީ މަސައްކަތުން ފެޔަށް ޖެހިލައި އާއިލާ އާއި އެކުގައި ކޮލެޓީ ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ވިސްނާ ކަމަށެވެ ނަމަވެސް އައު އަހަރާއި އެކުގައި އާމިރު މިވަނީ އޭނާގެ ނިންމުން ބަދަލު ކޮށްފައިއެވެ.

އެގޮތުން އާމިރު ވަނީ އައު ފިލްމް އަކަށް ސޮއިކޮށްފައިއެވެ. އެއީ ކާމިޔާބު ފިލްމް "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް އާއި ބޮލީވުޑް ތަރި އާމިރު ޚާން އާއިއެކު ނެރެން ނިންމާފައިވާ ފިލްމެވެ. މިއީ މި އަހަރު ކުރީކޮޅު ޖޫނިއާ އެންޓީއާރު، ޕްރަޝާންތު އިއުލާނުކޮށްފައިވާ ފިލްމެކެވެ.  މި ފިލްމުގެ ވަގުތީ ނަމަކަށް އޮތީ "އެންޓީއާރް 13″ އެވެ. މި ފިލްމުގެ ޕްލޮޓަކީ މީގެ 20 އަހަރު ކުރިން 42 އަހަރުގެ ޑައިރެކްޓަރު ފައްކާކޮށްފައިވާ ވަރަށް ޝައުގުވެރި ކޮންސެޕްޓަކަށް ހަދާނެ އެއްޗެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެންޓީއާރް ޖޫނިއާއާ އެކު ޕްރަޝާންތު އިޢުލާންކުރި ފިލްމުގެ ރޯލެއް އާމިރަށް ހުށަހެޅުމުން އޭނާ ވަނީ އެއަށް އެއްބަސްވެފައެވެ. އަދި މި ފިލްމް އަކީ ވަރަށް ގްރޭންޑް ކޮށް ބޮޑު ބަޖެޓަކުން އުފައްދާ ފިލްމްއެއް ކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ބުނެފައިއެވެ.

ބޮޑު ތަރުޚީބެއް ލިބުނު "ކޭޖީއެފް" ގެ ދެ ފިލްމަށް ފަހު، އޭގެ 3 ވަނަ ބައެެއް ވެސް ހަދަން ޕްރަޝާންތު އޮތީ ނިންމައިފައެވެ.

 

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *