މާލޭ ފަޅުތެރެއިން 15 ފީފާގެ ކަޅުތެޔޮ ނަގައިފި

މާލޭ ފަޅުތެރެއިން 15 ފީފާގެ ކަޅުތެޔޮ ނަގައިފި

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2023 10:53
0

އެމްއެންޑީއެފް ކޯސްޓްގާޑް އޮއިލް ރެސްޕޮންސް ޓީމާއި މާލެ އޭރިއާ ސިފައިން ގުޅިގެން ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއަށް އެޅިފައިވާ ކަޅު ތެޔޮ އެސަރަހައްދުން ނަގާ ނިންމައިފިއެވެ.

އެކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ތެޔޮ ނަގާ ނިންމާލީ މިއަދު މެންދުރު 13:35 އެހާއިރުކަމަށެވެ. އެމްއެންޑީއެފުން އިތުރަށް ބުނީ މިހާތަނަށް 15 ބެރަލްގެ ތެޔޮ ނަގާފައިވާކަމަށެވެ. އެ އިދާރާ އިން ބުނީ ރަސްމީ ފާލަން ސަރަޙައްދުގެ ފަޅުތެރެއަށް އެޅިފައިވާ ތެޔޮ މާރުކޭޓު ސަރަހައްދާ ހަމައަށް ފެތުރިފައިވާ ކަމަށެވެ.

ތެޔޮ ނަގައި އެއްކޮށް ކޮންޓްރޯލު ކުރުމަށްޓަކައި އާދިއްތަ ދުވަހުގެ ރޭ ވެސް އަދި ހޯމަ ދުވަހުވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެމްއެންޑީއެފުން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދަށް ވަނީ 1000 ލީޓަރުގެ ކަޅުތެޔޮ އެޅިފައެވެ.

ތެޔޮ ސާފުކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި، މާލެ އޭރިއާ މެރީންސްއާއި، މެރިން ޕޮލިސްގެ އިތުރުން، މާލޭ ސިޓީ ކައުންސިލުން ހަރަކާތްތެރިވަމުންދިޔަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވަނީ އެ ސަރަހައްދަށް ތެޔޮއެޅިފައިވަނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާކަމުގެ މައުލޫމާތު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމް.އާރް.ސީ.ސީއަށް ލިބިފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 09:10 އެހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.