ހޯރަފުށީ ހާފްވޭ ހައުސްގެ ފައުންޑެޝަން ނިމިއްޖެ

ހޯރަފުށީ ހާފްވޭ ހައުސްގެ ފައުންޑެޝަން ނިމިއްޖެ

Author
ޢަލީ އާދަމް
03 ޖެނުއަރީ 2023 10:35
0

ހއ.ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތުގެ ފައުންޑޭޝަން ބީމާއި ކޮލަމް މަސައްކަތްތައް ނިމިއްޖެއެވެ.

މިމަސައްކަތް ކުރާ އެމްޓީސީސީން ބުނީ މިމަސައްކަތްތަކުގެ އިތުރުން އެ ޢިމާރާތުގެ ފުރާޅުގެ ބީމް މަސައްކަތްތަކުގެ %81 ނިމިފައިވާކަމަށެވެ.

ހއ. ހޯރަފުށީގައި ޖުވެނައިލް ޖަސްޓިސް ޔުނިޓެއް އެޅުމުގެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ ޖުލައިމަހުގެ 29ވަނަ ދުވަހުއެވެ. މި ހާފްވޭ ހައުސްގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ. ހާފްވޭހައުސް ހަދަން 10،000 އަކަފޫޓުގެ ބިމެން، ހޯރަފުށި ކައުންސިލުން ވަނީ ދޫކޮށްފައެވެ.

ހޯރަފުށީގައި ހަދާ ހާފްވޭ ހައުސްގެ މަސައްކަތް ހޯމް މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއެވެ.
މި މަސައްކަތަކީ އެކި ކުށްކުށުގައި ދަޢުލަތުގެ ބެލުމުގެދަށަށް ގެންނަ، 18 އަހަރުން ދަށުގެ ކުޑަކުދިން ބޭތިއްބުމަށް ހަދާ ތަނެކެވެ.

މިތަނުގެ މަސައްކަތް މުޅިން ނިންމައި މިއަހަރުގެ ކުރީކޮޅު ހާފްވޭ ހައުސްގެ ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. އެމް.ޓީ.ސީ.ސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ މިކަމަށް ބޭނުންވާ އިމާރާތް ނިމުނު އަހަރުގެ ފަހުކޮޅަށް ނިންމުމަށެވެ. އެހެންނަމަވެސް އަދި މަސައްކަތް މުޅިން ނިމިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.