އާއްކޮ ގައުމީ ޓީމުގެ 5 ނަމްބަރު ޖާޒީގައި

އާއްކޮ ވެލެންސިޔާ އަށް

އާއްކޮ ވެލެންސިޔާ އަށް

މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު އިމާޒް (އާއްކޮ) ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.

2011 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުން އީގަލްސް އިން ފާހަގަވި އާއްކޮއަށް އެ ފަހަރު ސީނިއާ ޓީމުން ވެސް ވަނީ ފުރުސަތު ދީފަ އެވެ. އެ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ޓީމުތަކުން އޭނާ ހޯދަން އޭރު ޝައުގުވެރި ވިއެވެ. ވެލެންސިޔާއިން ހާމަކޮށްފަވާ ގޮތުގައި އާއްކޮ ވެލެންސިއާގެ ފަރިތަކުރުންތަކުގައި ބައިވެރިވެ ފިޓްނަސް ރަނގަޅުކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ޓީމު ލިސްޓުގައި ވެސް އޭނާ ވަނީ ހިމަނާފައެވެ.

އާއްކޮ އެންމެ ފުރަތަމަ 2014 ވަނަ އަހަރު މާޒިޔާ އަށް ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މާޒިޔާ ދޫކޮށް އާއްކޮ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ އަށް ބަދަލުވުމަށް ފަހު އިސްމާއިލް މަހަފޫޒް (އިންމަ)ގެ ކޯޗުކަމުގައި އެ ޓީމުގައި މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އޭނާ އަކީ 2012 ވަނަ އަހަރު ސްރީލަންކާގައި އޮތް މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ މުހިއްމު ކުޅުންތެރިއެކެވެ. އަދި ރާއްޖޭގެ ސީނިއަރ  ޓީމުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް އާއްކޮ ކުޅުނެވެ.

އެއް ސީޒަނުގެ މެދުކެނޑުމަކަށް ފަހު އަލުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ވެލެންސިއާ އަކީ މި ފަހަރުގެ ސީޒަނަށް އެންމެ ވަރުގަދަ ސްކޮޑެއް އެކުލަވާލި އެއް ޓީމެވެ. އާ ސީޒަނުގައި ވެލެންސިއާ އިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *