މާދަމާގެ މުޒާހަރާއަށް ހުއްދަ ދީފި، މުޅި ރާއްޖޭގައި މުޒާހަރާ އޮނާނެ: ޕީޕީއެމް

މާދަމާގެ މުޒާހަރާއަށް ހުއްދަ ދީފި، މުޅި ރާއްޖޭގައި މުޒާހަރާ އޮނާނެ: ޕީޕީއެމް

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2022 05:01
0

ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި މާދަމާ ބާއްވާ ބޮޑު މުޒާހަރާއަށް ފުލުހުން ހުއްދަ ދީފައިވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

މާދަމާގެ މުޒާހަރާއާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިމުޒާހަރާ އިންތިޒާމު ކުރާ ފަރާތުން ވަނީ ފުލުހުންނާއި ބައްދަލު ކޮށްފައެވެ. ފުލުހުންނާއި ބައްދަލު ކުރުމަށްފަހު ނޫސްވެރިންނާއި ވާއްހަކަ ދައްކަވަމުން ޕީޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މާދަމާގެ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ. މާދަމާގެ މުޒާހަރާ ނުވަތަ ހިނގާލުން ފަށާނީ ޕީޕީއެމް އޮފީސް ކައިރިން ކަމަށާއި، ނިންމާނީވެސް ހަމަ އެތަނަށް ކަމުގައެވެ.

މާދަމާ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ. ޝުޖާއު ވިދާޅުވީ ހުކުރު ދުވަހުގެ މުޒާހަރާ ފުލުހުން ދައްކާ ރޫޓަކުން ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށާއި މުޒާހަރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

މިއޮތީ މިކަން ވަރަށް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި. މިކަމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

– ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ރެއަކު މާލޭގައި ޕީޕީއެމުން ކުރިއަށް ގެންދާ އިހުތިޖާޖުގައި ހާލަތާއި ނުބައްދަލު ބާރުގެ ފުލުހުން ބޭނުން ކުރަމުންދާ ކަމާއި ފުލުހުން ބޮޑީ ކެމް ބޭނުން ނުކުރާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭގެ އިތުރުން ބައެއް ފުލުހުން ނަން ޓެގު ނައްޓާލައިގެން އުޅޭކަންވެސް ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރުމުން އިދިކޮޅު ފަރާތްތަކުން ދަނީ އާދިއްތަ ދުވަހުގެ ރެ އިން ފެށިގެން ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.