"ބަޅޭ އައްޗޭ ލަގްތޭ ހޭ 2″ އިން ނަކުލް ދެން ނުފެންނާނެ

"ބަޅޭ އައްޗޭ ލަގްތޭ ހޭ 2″ އިން ނަކުލް ދެން ނުފެންނާނެ

ގުޅުންހުރި

"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ދެވަނަ ސީޒަން ގެ ލީޑޫން ފެނިގެންދާ ޓީވީ އެކްތަރު ނަކުލް މެހްތާ، އެ ޝޯ އަށް އަލްވަދާއު ކިޔައިފި އެވެ.

މި ފަހުން ނަކުލް ދިން އިންޓަވިއު އެއްގައި އޭނާ ޝޯއާ ވަކިވިކަން ވަނީ ޔަގީން ކޮށްދީފަ އެވެ. އަދި ޝޯވ އިން ވަކިވާން ނިންމި ސަބަބު ވަރަށް ތަފްސީލުކޮން މި އިންޓަވިއުގައި އޭނާ ވަނީ ކިޔައިދީފައިއެވެ.

ނަކުލް ބުނީ ޝޯ އާ ވަކިވާން ނިންމީ ޝޯގައި އޭނާއަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެފައި ވެއެވެ. އަދި ތަފާތު ރޯލެއް އޭނާގެ އެކްޓިންގް ހުނަރު އެއަށްވުރެ ބޮޑަށް ދައްކާލެވޭ ކަހަލަ ރޯލެއް ބޭނުން ވާކަމަށް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Nakuul Mehta (@nakuulmehta)

އުމުރުން 39 އަހަރުގެ އެކްޓަރު ބުނީ އޭނާ ބޭނުންނަމަ މި ޝޯ އިތުރަށް ކުރިއަށް ގެންދެވުނީސް ކަމަށާއި ނަމަވެސް މިހާރު ބޭނުންވަނީ އޭނާގެ ހުނަރަށް ޗެލެންޖް ކޮށްލެވޭ ކަހަލަ ރޯލެއް ކުޅެން ކަމަށެވެ.

އަދި ޝޯވ އާއި ވަކިވި ކަމުގައިވިޔަސް އެޝޯވ ގައި އޭނާ ކުޅެފައިވާ ކެރެކްޓާ "ރާމް ކަޕޫރް ގެ މަތިން ވަރަށް ބޮޑަށް ހަދާންވާނެ ކަމަށްވަނީ ބުނެފައިއެވެ. މި ޑްރާމާ އަކީ މިނަމުގައި މީގެ ކުރިން ގެނެސްދިން ޑްރާމާގެ ސީޒަން ދެއެކެވެ.

ނަމަވެސް ކުރިން މިޑްރާމާ ކުޅުނު ރާމް ކަޕޫރް އަދި ސާކްޝީ ތަންވާރްގެ ބަދަލުގައި އާ ޝޯވ އިން އެ ކެރެކްޓާ ތަކުން ފެނިގެން ގޮސްފައިވަނީ ނަކުލް މެހްތާ އާއި ދިޝާ ޕަރްމަރްއެވެ. ނަކުލް މިރޯލާއި އަލްވަދާއު ކިޔާއިރުގައި މި ރޯލުން ދެން މިޝޯވ އިން ފެންނާނީ ކޮން ތަރިއެއް ކަމެއް އަދި ނޭގެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ