މޫސަ؛ ނަޝީދަށް: ލަކުނު ގިނަމީހާ ބަލައިގެން ޕާޓީއެއް ނުދެވޭނެ

މޫސަ؛ ނަޝީދަށް: ލަކުނު ގިނަމީހާ ބަލައިގެން ޕާޓީއެއް ނުދެވޭނެ

ގުޅުންހުރި

ލަކުނު ގިނަމީހާ ބަލައިގެން އެމްޑީޕީ ވަކި މީހަކަށް ދެވޭނެ އެއްވެސް އުސޫލެއް ނޯންނާނެކަމަށް އެމްޑީޕީއާއި ދުރުގައި ގިނަ ދުވަސްތަކެއް ހުރުމަށްފަހު ދާދިފަހުން އެމްޑީޕީއާއި ގުޅުނު އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ މާލޭގައި ބޭއްވި ޖަލްސާގައި ގައިގައި ހުރި ލަކުނު މަދު ނޫންކަމަށާއި، ނިކުމެ ހުންނެވީ އެމްޑީޕީ އަލުން އަބުރައި އެމްޑީޕީގެ މެމްބަރުންނަށް ހޯދުމަށްކަމަށް ބުނެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ ތާރީހުގައި އެޕާޓީއަށް ގުރުބާންވެ، ގައިގައި ލަކުނު ލައިފައި ތިބި މީހުން ވަރަށް ގިނަ ވާނެކަމަށެވެ. އެމްޑީޕީއަކީ ވަކި މީހެއްގެ ގައިގައި ހުރި ލަކުނަށް ބަލައިގެން ހިބަކޮށްދޭންޖެހޭ ޕާޓީއެއްނަމަ، އެމްޑީޕީ ހިބަކޮށްދޭންޖެހޭ މީހުން ވަރަށް ގިނަވާނެކަމަށް މޫސަ ވިދާޅުވިއެވެ.

ޕާޓީއަކީ މެމްބަރުންގެ ޙައްޤެއް ތަރިކަ މުދާހެން ބަހަންޏާ ހެސްކިޔާފަ ވާރިސުން އެބަތިބި އެމްޑީޕީއަށް މަސައްކަތްކޮށްގެން ލާފަހުރި ލަކުނު ވަރަށް ގިނަ މީހުންއެބަތިބި. ލަކުނު ގިނަމީހާ ބަލައިގެންވެސް ޕާޓީއެއް ނުދެވޭނެ. ވަރަށް ސަލާމް.

– މޫސަ ވިދާޅުވިއެވެ.

ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ސޯލިހާ ވާދަކުރައްވަން ނުކުންނަން ޖެހުނީ, ނަޝީދު ވިދާޅުވި ގޮތުގައި ޕާޓީ އަލުން އަނބުރާ އާންމު މެންބަރުންނަށް ހޯދައިދިނުމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހު ހޮވިއްޖެނަމަ, އެމްޑީޕީއަށް ލިބޭނެ ވޯޓު މަދުވާނެކަން ޔަގީނެވެ. އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދީ, ހެޔޮވެރިކަމެއް ކޮށްދިނުން ކަމަށްވާއިރު, އެކަން ގެއްލޭ ގޮތަށް ދޫކޮށްލައިގެން ނުހުރެވޭނެ ކަމަށެވެ.

އަޅުގަނޑަށް ފެންނަ ތަނުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށްވެއްޖެނަމަ ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލިބޭނެ މިންވަރު ވަރަށް މަދުވާނެ, ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މެންބަރުންނާއި އަދި އެ ނޫން ވެސް ވަޒީފާތަކުގައި ތިއްބެވި މެންބަރުން ރައީސް ސޯލިހަށް ތާއިދު ކުރެއްވި ނަމަވެސް, އާއިލާ އާއި ރަހުމަތްތެރިން ތިބީ ރައީސް ސޯލިހަށް ވޯޓު ދޭ ގޮތަކަށް ނޫން.

– ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ރިޔާސީ ކެންޑިޑޭޓަކަށް ވެއްޖެނަމަ, އެމަނިކުފާނަށް ލިބޭނީ 20 ޕަސެންޓް ވޯޓު ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަޝީދުގެ ހިސާބުން 20 ޕަސެންޓް ކަމަށް ވިދާޅުވިޔަސް, އެ ތަނުގައި ގޮވަމުން ދިޔައީ ރައީސް ސޯލިހަށް ފަސް ޕަސެންޓް ވޯޓު ވެސް ނުލިބޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ