ކައިވެންޏަށް ފަހު ސަނާ ޚާންގެ ނަން ބަދަލުކުރީތަ؟

ކައިވެންޏަށް ފަހު ސަނާ ޚާންގެ ނަން ބަދަލުކުރީތަ؟

Author
ފާތިމަތު ނާވީ
24 ނޮވެމްބަރ 2020 01:15
0

2016 ވަނަ އަހަރުގެ ފިލްމު "ވަޖާ ތުމް ހޯ" ގެ ތަރި ސަނާ ޚާން ވަނީ ކުއްލި ގޮތަކަށް މުފްތީ އަނަސް ކިޔާ މީހަކާއި ކައިވެނިކޮށް ފޭނުން ސިއްސުވާލާފަ އެވެ. އަދި އޭނާވަނީ އޭނާގެ ނަން އިންސްޓާގުރާމުގައި ސައްޔިދް ސަނާ ޚާން އަށް ބަދަލުކޮށްފައެވެ. އަދި މިދެމީހުންގެ ކައިވެނީގެ ވީޑިއޯއެއްވެސް ވަނީ ސޯޝަލްމީޑިޔާގައި ވައިރަލްވެފައެވެ.

ސަނާ ޚާން ވަނީ، ނޮވެމްބަރ 22 ގައި އިންސްޓާގުރާމުގައި އޭނާގެ ފިރިމީހާއާއި އެކު ފޮޓޯއެއް ހިއްސާކޮށްފައިވެއެވެ. އަދި ލޯބިވީވެސް ﷲ އަށްޓަކައި ކަމުގައާއި ކައިވެނި ކުރީވެސް ﷲ ގެ ހައްގުގައި ކަމަށާއި އަދި ދެ ދުނިޔޭގައި ވެސް އެދެމީހުން އެކުގައި ލެއްވުމަށް ދުޢާކޮށް ލިޔެއިފައިވެއެވެ.

ކައިވެނީގެ ކުރިން ސަނާ ވަނީ ވަރަށް ސީރިއަސް ރިލޭޝަންޝިޕް އަކަށް ގޮސްފައިއެވެ. ނަމަވެސް އެގުޅުން ކެނޑުމުގެ ތުހުމަތު ސަނާ އަޅުވަނީ އޭރުގެ ލޯބިވެރިޔާ މެލްވިންގެ ބޮލުގައެވެ.

މި އަހަރު އޮކްޓޯބަރ ގައި އެކްޓިންގެ ދާއިރާ ދޫކޮށް ދީނީ ކަންކަމަށް އިސްކަންދީގެ އުޅެންފެށި ސަނާ ވަނީ އޭރު ބޮލީވުޑްގައި ވަރަށް ބޮޑު މަޝްޙޫރުކަމެއް ހޯދާފައެވެ. 2005 ވަނަ އަހަރުން ފެށިގެން ފިލްމީ ދާއިރާގައި ހަރަކާތްތެރިވި ސަނާ އާންމު ގޮތެއްގައި ފިލްމު ތަކުން ފެނިފައި ވަނީ ހާއްސަ ފެނިލުމަކުން ނުވަތަ ކުރު ރޯލް ތަކުން ނެވެ. ނަމަވެސް 2016 ވަނަ އަހަރު ބޮކްސް އޮފީހުަގައި ކާމިޔާބު ފިލްމު "ވަޖާ ތުމްހޯ" ގައި އޭނާ ހިމެނުނީ ލީޑް ކާސްޓުގެ ތެރޭގައެވެ. ސަނާ އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދި ޓީވީ ޝޯވ ތަކުންނެވެ. އޭގެތެރޭގައި ބިގް ބޮސްގެ އެކި ސީޒަންތައް ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.