ސަބަބުވެރި ނަޒަރަކުން ބަލާއިރު ރައިސް ޞާލިޙަށް 2ވަނަ ދައުރެއް ދޭންޖެހޭ: ސައުދު

ސަބަބުވެރި ނަޒަރަކުން ބަލާއިރު ރައިސް ޞާލިޙަށް 2ވަނަ ދައުރެއް ދޭންޖެހޭ: ސައުދު

Author
ޢަލީ އާދަމް
29 ޑިސެމްބަރ 2022 10:28
0

ސަބަބުވެރި ނަޒަރަކުން ވިސްނާލާއިރު 2008ވަނަ އަހަރު ޢަމަލުކުރަން ފެށި އައު ޤާނޫނޫ އަސާސީގެ ދަށުން މިހާތަނަށް އައިއިރު، ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދީ ހެޔޮ ވެރިކަމެކޮށްދިން ހަމައެކަނި ދައުރަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދައުރުކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ސައުދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަބަބުވެރި ނަޒަރަކުން ވިސްނުން ހިންގާލާއިރު 2008ވަނަ އަހަރުންފެށިގެން ޢަމަލުކުރަމުންދާ ޤާނޫނު އަސާސީން ކަނޑައަޅާފައިވާ ރައްޔިތުންގެ އަސާސީ ހައްޤުތައް ކަށަވަރުކޮށްދީ، ހެޔޮ ވެރިކަމެއް ފެނިގެންދާ ދައުލަރަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ މިދައުރުކަމަށެވެ.

އެހެންކަމުން ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބުތައް ގިނަގުނަކަމަށްވެސް ސައުދު ވިދާޅުވިއެވެ. އަދި ޤައުމީ ހަމަޖެހުމާއި ޢަދުލުއިންސާފާއި ތަފާތުކުރުން ނައްތާލުމާއި އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ޤައުމު ޤައޔުމެއްގެގޮތުގައި ބޭއްވުމަށް މުހިންމު ކަންކަންކަމަށާ، މިކަންކަން ދެމެހެއްޓުމުގައި ރައީސް ޞާލިޙްވަނީ ނަމޫނާ ދައްކަވާފައިކަމަށް ސައުދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.