ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 2ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 2ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Author
ޢަލީ އާދަމް
29 ޑިސެމްބަރ 2022 10:14
0

ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން ޖުމްލަ 2.198 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސްއިން ބުނެފައިވާގޮތުގައި އެއީ ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއައި ސްވިޒަލޭންޑްގެ ރައްޔިތެކެވެ.

އެއީ މިމަހުގެ 24ވަނަދުވަހު ރާއްޖެއަށް އައި ޢުމުރުން 59އަހަރުގެ ފިރިހެނެކެވެ. އޭނާގެ ޢަމަލުތައް ހުރިގޮތުން ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން އޭނާ ބަލައި ފާސްކުރިއިރު އޭނާގެ އަތުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައެވެ. މިތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖުންނެވެ.

މިތަކެތި ކަސްޓަމްސްއިން ޗެކްކުރުމުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވްވެފައިކަމަށް ކަސްޓަމްސްއިން ބުނެއެވެ. މި މަސްތުވާތަކެތީގެ މަގުމަތީ އަގު 7 މިލިޔަން 7 ލައްކަ ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

މިމައްސަލާގައި ހިމެނޭ މީހާއާއި އޭނާގެނައި މަސްތުވާތަކެތި މިހާރު ފުލުހުންނާވަނީ ޙަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.