ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އައި ސްވިޒަލޭންޑް މީހެއް އަތުން 7 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ކަސްޓްމްސް އިން ބުނެފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ރާއްޖެއައި އުމުރުން 59 އަހަރުގެ ސްވިޒަލޭންޑް ފިރިހެނެއް އަމަލުތައް ހުރިގޮތުން އެމީހާއާއިމެދު ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ކަސްޓްމްސް އިން ބަލާ ފާސްކުރިއިރު، ލަގެޖްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.
ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓްމްސްއިން ޓެސްޓް ކުރިއިރު މަސްތުވާ ތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން ވަނީ ޕޮޒިޓިވްވެފައެވެ. މިމީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 7.7 (ހަތް މިލިޔަން 7 ލައްކަ) ރުފިޔާއަށް އަރައެވެ.
މިމައްސަލާގައި ޝާމިލުވާ މީހާއާއި، އަތުލައި ގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލު ކުރެވިފައިކަމަށް ކަސްޓަމަސްއިން ވަނީ ބުނެގައެވެ.
ކޮމެންޓު ފޮނުވާ