ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 2 މިލިޔަން ރުފިޔާގެ ޑްރަގު އަތުލައިގަނެފި

ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 2 މިލިޔަން ރުފިޔާގެ ޑްރަގު އަތުލައިގަނެފި

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2022 02:11
0

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ދެމިލިޔަން ރުފިޔާގެ މަސްތިވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. ބަލާ ފާސްކުރެވުނު ބެކޭޖަކީ ބެލްޖިއަމުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ކަމަށެވެ.

މިޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ދެޕެކެޓް ވަނީ ފެނިފައެވެ. ފުރަތަމަ މަރުހަލާގައި ކަސްޓަމަސް އިން މަތަކެތި ތަހުލީލްކުރިއިރު މިތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމާށްވާ މެޕެޑްރޯންއަށް ޕޮޒިޓިވް ވެފައެވެ.

އަތުލައި ގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 1.010 ކިލޯމް ގުރާމް ހުރިއެވެ. އަދި މިތަކެތީގެ މަގުމަތީގެ އަގު ދެމިލިޔަން ފަސްލައްކަ ރުފިޔާއަށް އަރައެވެ.

މިމައްސަލާގައި ޝާމިލުވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުލީލް ކުރުމަށްޓަކައި ފުލުހުންނާއި ހަވާލު ކުރެވިފައިކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.