ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދުގެ އަރިސް މެންބަރެއްގެ ގޮތުގައި ހުންނެވި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާ ކެމްޕެއިން ފަށްޓަވައިފިއެވެ.
މީގެ ކުރިން މަޖިލީހުގެ ޖަލްސާތަކުގައިވެސް ހަސަންޓޭ ވަނީ މިސަރުކާރާ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ނަޝީދަށް ގެންނެވީ ތާޢީދުކުރައްވަމުންނެވެ.
ނަމަވެސް ހަސަންޓޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދާއިރާގެ ރަށްތަކުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މެދުގައި މިވަގުތު ހުރުމުން އެނގުނު ކަމަކީ އެމްޑީޕީގެ ޕްރައިމަރީއާ އަންނަ ރިޔާސީ އިންތިޚާބުގައި ގަދަކޮށް ހުންނަން ޖެހެނީ ރައީސް ޞާލިޙާއެކުކަމަށެވެ.
ދާއިރާގެ ރަށްތަކުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މެދުގައި މިވަގުތު ހުރުމުން އެނގުނު ކަމަކީ އެމްޑީޕީގެ ޕްރައިމަރީއާ އަންނަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ގަދަކޮށް ހުންނަން ޖެހެނީ ރައީސް @ibusolih އިބޫގެ ފަހަތްޕުޅުގައި ކަން. pic.twitter.com/YbUFd4l7q2
— Hassantay (@HassantayMDP) December 26, 2022
ރައީސް ނަޝީދަށް ތާޢީދުކުރައްވާ ވާހަކަފުޅު ދެއްކެވި ބައެއް މަޖިލިސް މެންބަރުން ގެންދަވަނީ މިހާރު ރައީސް ޞާލިޙްގެ ފެކްޝަނަށް ތާޢީދުކުރައްވަމުންނެވެ. އޭޣެ ތެރޭގައ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލް އަޙްމަދު ނަސީމާއި، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާ ރައީސް ނަޝީދު ވާދަކުރައްވައެވެ. އަދި ދެބޭފުޅުންނަށް ތާޢީދުކުރައްވާ ފަރާތްތަކުން ގެންދަވަނީ ހޫނު ޒުވާބެއް ސޯޝަލް މީޑިއާގައި ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ